ރަހީނުކޮށް ވަޅިން ބިރު ދެއްކި މީހާ އަދި މަރެއް ނުވޭ

ޕޮލިސް މަޢުލޫމާތު ދޭ ގޮތުގައި މާލޭގައި އަންހެނަކު ރަހީނުކުރި ފިރިހެން މީހާ އަދި މަރެއް ނުވެއެވެ. މީޑިއާއިން އޭނާ މަރުވެއްޖެކަމަށް ރިޕޯޓު ކުރުމުން ޕޮލިހުން ވަނީ އެކްސްގައި އެކަން ސާފުކޮށްދީފައެވެ.

މާފަންނުގެ ގެއެއްގައި މުހިންމު އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަޙުމަދު އަޠުހަރު، ހެޕީލޭންޑް، ށ. މިލަންދޫ ވަނީ އަމިއްލަ މަރުވާން މަސައްކަތް ކޮށްފައެވެ. އެކަމާ ގުޅިގެން އެސޮރު ވަނީ އެނދުމަތި ކުރެވިފައެވެ.

ހިއްސާ ކުރައްވާ!