އެފްރިކާގައި ރަޝިޔާއިން ހުޅަނގުގެ ހަންފެތުރުމާ ދެކޮޅަށް މަސައްކަތް ކުރަނީ

ހުޅަނގާއި ދެކޮޅު ރަޝިޔާއިން އެފްރިކާގައި ދެކޮޅުވެރި ޝުޢޫރު ފަތުރަމުންދާ ކަމަށް ހުޅަނގުން ބުނަން ފަށައިފިއެވެ. ރަޝިޔާގެ އެންމެ މަޤްބޫލު މީޑިއާ ހައުސް އާރްޓީ ގެ ޗީވީ ޗެނަލަކީ، އެފްރިކާގައި މަޤްބޫލު އަދި އެފްރިކާއަށް ބޭނުންވާ މަޢުލޫމާތު ގެނަސްދޭ ޗެނަލެކެވެ. އާރްޓީން ގެނަސްދެނީ ހުޅަނގުގެ ހަންފެތުރުމާއި އިސްތިޢުމާރީ ފިކުރާ ދެކޮޅުވެރި ޚިޔާލުތަކެވެ.

އެފްރިކާ ކޮންފިޑެންޝަލް މީޑިއާ އިން ވަނީ އާރްޓީން ބަހައްޓާފައިވާ ބިލްބޯޑެއް ހުޅަނުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނަސްފައެވެ.

އެފްރިކާ ކޮންފިޑެލްޝަލްއިން ބުނިގޮތުގައި، “އިތިއޯޕިއާގެ އެޑިސް އަބާބާގެ ބޯލޭ އިންޓަނޭޝަނަލް އެއާޕޯޓުން ނިކުމެގެން ދާއިރު އާރުޓީގެ ބޮޑު ސްކްރީނެއްގައި ޑިޖިޓަލް ވީޑިއޯ ޕްރޮމޯޝަންތައް ދުރަށް ފޮނުވައެވެ. އޭގައި އިސްތިޢުމާރާ ދެކޮޅު މެސެޖުތައް ގެނަސްދެއެވެ.”

އާރްޓީން ބަހައްޓާފައިވާ ބިލްބޯޑްތަކުގައި ދައްކަނީ، ގާނާގެ ފުރަތަމަ ބޮޑު ވަޒީރު އަދި އެފްރިކާގެ އިއްތިޙާދަށް މަސައްކަތް ކުރެއްވި، ކުވާމޭ ންކްރޫމާ އާއި ޓެންޒޭނިއާގެ ފުރަތަމަ ރައީސް ޖޫލިއަސް ނިއެރެރޭ އާއި ޔޫގަންޑާގެ މިނިވަންކަމުގެ ހަނގުރާމަވެރިޔާ މިލްޓަން އޮބޯޓޭ އަދި ޒިމްބާބުވޭގެ މިނިވަން ހަނގުރާމަވެރިއަކަށް ބަދަލުވި އަނިޔާވެރި ރޮބަޓް މުގާބޭ ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.

ރަޝިޔާއިން ވަނީ ފާއިތުވި އަހަރުތަކުގައި އެފްރިކާގެ ގިނަ އަދަދެއްގެ ޤައުމުތަކާއެކު ސްޓްރެޓެޖިކް ޕާޓްނަޝިޕްތައް އާލާކޮށްފަ އެވެ. ރަޝިޔާ-އެފްރިކާގެ ދެވަނަ ސަމިޓް މިދިޔަ އަހަރު ސެއިންޓް ޕީޓާސްބާގުގައި ބޭއްވިއިރު، އެ ބައްރުގެ 49 ޤައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ. ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވަނީ މިދިޔަ ޖޫން މަހު އެފްރިކާ ސާހިލް ސަރަހައްދުގެ ހަތަރު ޤައުމަކާއި ކޮންގޯއަށް ޒިޔާރަތްކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!