އިންޑިއާއިން މަޢުލޫމާތުގެ ރަސްމަގުގައި ފޭރޭ މީހުންނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގައި އަމީތާބް ބައްޗަން ބައިވެރިކޮށްފިއެވެ. މަޝްހުރު ފިލްމީ ތަރި ބުނެފައިވާ ގޮތުގައި މަޢުލޫމާތުގެ ރަސްމަގުގެ ސަލާމަތަށް އިންޑިއާގެ ސައިބާ ސެކިއުރިޓީ ސެންޓަރުން ކުރާ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން އޭނާ ނިންމީ ސަރުކާރުން އެކަމަށް އެދުމުން ކަމަށެވެ.
އިންޑިއާއިން ނިންމާފައި ވަނީ މައްސަލަ އުފެދޭ ފަދަ އެޕްތައް އިންޑިއާގައި މަނާ ކުރުމަށާއި އިންޑިއާ މީހުންގެ ޑޭޓާ ބޭނުންކުރާ އެޕްތަކުން އިންޑިއާގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި މަޢުލޫމާތު ރައްކާ ކުރާށެވެ.