އެސޮރު މަގޭ ފޯނަކަށް ޖަވާބެއް ނުދޭ: ގުޓަރޭސް

އދގެ ސެކްރެޓެރީ ޖެނެރަލް އެންތޯނިއޯ ގުތަރެސް ވިދާޅުވަނީ ޔަހޫދުންގެ ބޮޑު މީހާ، އޭނާގެ ފޯނު ކޯލުތަކަށް ޖަވާބެއް ނުދޭ ކަމަށެވެ. 7 އޮކްޓޫބަރަށް ފަހު ނަތަންޔާހޫ ގުޓަރޭސްގެ ފޯނަށް ޖަވާބު ނުދޭ ކަމުގައި ވިދާޅުވެއެވެ.

ގުޓަރެސް ވިދާޅުވަނީ ފަލަސްޠީނުގައި އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ އދގެ މުވައްޒަފުންނަށް ޔަހޫދުން ޙަމަލަ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރޮއިޓާސްއާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ފޯނަށް ޖަވާބު ނުދޭ މައްސަލާގައި ގުޓަރެސް ވިދާޅުވީ “އެސޮރު ނިއުޔޯކަށް އައިސްފިނަ ބައްދަލު ކުރާނަން. ވާހަކަވެސް ދައްކާނަން. އަހަރެން އޭނާއާ ވާހަކަ ނުދައްކާންވީ ސަބަބެއް ނެތް” ކަމަށެވެ.

ހިއްސާ ކުރައްވާ!