އިޒްރޭލުގެ ޓެރަރިސްޓް ސައިބާ ޙަމަލައިން ޔަގީންވީ ޓައިވާން ޓެކްނޮލޮޖީއަށް ބަރޯސާވެގެން ނުވާނެކަން

ލުބުނާންގެ މަދަނީންނަށް އަމާޒުކޮށް އިޒްރޭލުން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ބެހޭ މަޢުލޫމާތު މިހާރު ވަނީ ސާފުވެފައެވެ. އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާގައި ޙިޒްބުﷲގެ އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބެއެވެ. ތިން ހާސްމީހުން ޒަޚަމް ވިއެވެ. 8 މީހަކު މަރުވިއެވެ.

އިޒްރޭލުން ހަމަލަ ދީފައި ވަނީ ޕޭޖަރުގެ ބެޓެރި ގޮއްވާލައިގެންނެވެ. ޕޭޖަރު ބޭނުން ކުރަނީ ކުއްލި ހާލަތުގައި އެހީދޭ ފަރާތްތަކާއި ހަސްފަތާލު މުވައްޒަފުންނެވެ.

މި ހަމަލައިން ސަލާމަތްވީ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ ހަސްފަތާލުގެ ސްޓާފުންނެވެ. އެމީހުންގެ ޕޭޖަރުތައް މީގެ 10 ދުވަސް ކުރިން އަތުލާފައި ވެއެވެ.

މި ޙަމަލަ ދިނުމަށް ބޭނުން ކޮށްފައިވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މޮޓޮރޯލާ ކުންފުނިން އުފައްދާފައިވާ ޕޭޖަރުތަކެވެ. އޭގައި ބޭނުން ކޮށްފައި ވަނީ ޓައިވާނުން އުފައްދާ މަރުކާގެ ބެޓެރިއެވެ. އެ ބެޓެރިއަކީ ހަންގެރީގެ ކުންފުންޏަކުން އުފެއްދި އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕޭޖަރުތަކުގެ ބެޓެރި އެއްފަހަރާ ގޮއްވާލުމުން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅި ހަސްފަތާލުތައް ތޮއް ޖެހުނެވެ.

ތައިވާންގެ ކުންފުނި، ގޯލްޑް އެޕޯލޯގެ ބާނީ ސޫ ޗިންގ ކުއާން ބުނެފައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑާއި އިޒްރޭލާ ދެކޮޅަށް އެތައް ބިލިއަން ޑޮލަރުގެ ދައުވާއެއް ވައްދާނެ ކަމަށެވެ.

އެމެރިކާއިން ބުނެފައި ވަނީ މި ހަމަލަ ދިން ކަމެއްވެސް އަދި ރޭވިކަމެއްވެސް އެމެރިކާއަށް އެނގިފައި ނުވާކަމަށެވެ. އަދި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުން ދިން މި ޓެރަރިސްޓް ހަމަލާގައި ޓައިވާނާއި އެމެރިކާގެ ކުންފުނިތައް ހިމެނޭއިރު، އެމެރިކާއިން އަބަދުވެސް ބުނަމުން ގޮސްފައި ވަނީ ޗައިނާއަކީ ޓެކްނޮލޮޖީގެ ބޮޑު ނުރައްކާ ކަމަށެވެ. ނަމަވެސް މި ހާދިސާއިން ސާފުވީ ޗައިނާއަކީ ހީކުރި ގޮތާ ޚިލާފަށް އިތިބާރު ކުރަން ޖެހޭ ފަރާތެއް ކަމަށެވެ.

މިޑްލް އިސްޓް އައިފަދަ މީޑިއާ އިން ބުނެފައި ވަނީ ނަތަންޔާހޫ ވެރިކަމުން ބާލަން އެންމެން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އޭނާ މުޅި ސަރަހައްދު ނުރައްކަލަށް ހުށަހަޅަނީ ކަމަށެވެ.

ޢަރަބި ބައެއް ޤައުމުތަކުން ވަނީ މި ހާދިސާއަށް ޖޯކުޖަހައި ވީޑިއޯތައް ކުޅެފައެވެ. އަދި ބައެއް މީހުން އުފަލުން ޑާންސް ކުރާ މަންޒަރުވެސް މީޑިއާގައި ދައްކާފައި ވެއެވެ.

ލުބުނާންގެ ޖާސޫސީ އިދާރާއިން ބުނެފައި ވަނީ އެ ބެޓެރިތަކަކީ މީގެ 6 މަސް ކުރިން އެތެރެކޮށްފައިވާ ތަކެތި ކަމަށާއި އޭގައި 20 ގްރާމުގެ ގޮވާތަކެތި ހިމެނުނު ކަމަށެވެ. ބައެއް ފަރާތްތަކުން އިޒްރޭލުގެ މިޓެރަރިސްޓް ހަމަލަ ދިފަކޮށްފައި ވަނީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައެވެ. އެއީ ވަކި އަމާޒުފަތްގަނޑެއް ބެލުމެއް ނެތި އާންމުނަނަށް ހަމަލަަ ދިނުމަށް ދޭ ހަމަލަތަކަކީ ހަނގުރާމައިގެ ޖަރީމާތަކުިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ހިއްސާ ކުރައްވާ!