މަސްތުވާތަކެތީގެ ހާލަތު ދަނެގަތުމަށް ދިރާސާއެއް ކުރިއަށް ގެންދަނީ

މުޅި ރާއްޖެއަށް އަމާޒުކޮށްގެން މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް ނެޝަނަލް ޑްރަގް ކައުންސިލުން އެންޑީއޭއަށް އަންގާފައިވާ ކަމަށް އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު  ވިދާޅުވެއެވެ. އެކަން ހާމަކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ފާއިތުވި 5 އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޭސް ކުރި މީހުންގެ އަދަދުތައް ފުލުހުން މެދުވެރިކޮށް ހޯދައި، އިތުރު މައުލޫމާތު ކައުންސިލްތަކުން ވެސް ހޯދާނެ ކަމަށެވެ.

މަސްތުވާ ތަކެއްޗާބެހޭ ޤައުމީ ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 އެއްހައި މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް