ޓްރަމަޕް ދެކުނު އެފްރިކާއަށް ދޭ އެހީ ކަނޑާލަމުން ބުނީ ދެކުނު އެފްރިކާއިން ދޮން މީޙުންގެ ދަނޑު ބިންތައް ހިފުމަށް މަސައްކަތް ކުރާތީ އެގޮތަށް އެމެރިކާ ސަރުކާރުން ނިންމީ ކަމަށެވެ. މިހިނދު ޓްރަމްޕް ދަނީ ހަނގުރާމައެއް ޖަރީމާއެއް ހިންގައިގެން ވިއަސް ފަލަސްޠީނުގެ ބިންތައް ހިފުމަށް އިންޒާރު ދެމުންނެވެ.
ދެކުނު އެފްރިކާގެ ބިން ކޮންޓްރޯލު ކުރާ ބަޔަކީ ދޮން މީހުންނެވެ. އެހެންވެ، ދެކުނު އެފްރިކާއިން ވަނީ އެގައުމުގެ 80 ޕަސެންޓް ބިން ހިފައިގެން ތިބި ދޮން މީހުންގެ އަތުން ބޭނުން ޖެހޭ ހިނދު ބިން ސަރުކާރަށް ނަގާނެ ކަމަށް ބުނެ އެކަމަށް ގާނޫނެއް ފާސްކޮށްފައެވެ. ދޮން މީހުންނަކީ ދެކުނު އެފްރިކާގެ އާބާދީގެ 9 ޕަސެންޓެވެ.
ދެކުނު އެފްރިކާގެ ނަސްލީ ދޮން މީހުންގެ ތަފާތު ކުރުމުގެ ވެރިކަން 1994 ވަނަ އަހަރު ރަސްމީކޮށް ނިމުނުނަމަވެސް ދޮން މީހުން ކުރިންވެސް ކޮންޓްރޯލު ކުރާ ގޮތަށް އަދިވެސް ދަނީ ބިންތައް ކޮންޓްރޯލު ކުރަމުންނެވެ.
ދެކުނު އެފްރިކާ މީހުންގެ ހައްގުބިންތައް އެމީހުން އަނބުރައި ހޯދުމަށް މަސައްކަތް ކުރުމުން ޓްރަމްޕަށް އެކަން ކަމަކު ނުދިޔައެވެ. ޓްރަމްޕް ބުނެފައި ވަނީ މިއީ ބިން ފޭރިގަތުމުގެ އަމަލެއް ކަމަށެވެ. އެކަމަކު އޭނާ ޣައްޒާގެ ބިން ފޭރިގަތުމަށް ކުރާ މަސައްކަތް ވަނީ އޯކޭ ވެފައެވެ.






