މޮރިޝަސްގެ ގައުމީ ދުވަހުގެ ޚާއްސަ މެހުމާނަކީ މޮދީ

މޮރިޝަސްގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތުމަށް މޮރިޝަސްގެ ބޮޑު ވަޒީރު ނަވީން ރަމްގޫލަމް ދައުވަތު ދެއްވައިފިއެވެ.

މޮރިޝަސްގެ ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ރަމްގޫލަމް ވިދާޅުވީ، އޭނާގެ ސަރުކާރުން ދީފައިވާ ދައުވަތު ގަބޫލުކުރައްވައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ މޮރިޝަސްއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި މޮދީ ވަރަށް އަވަދި ނެތި އުޅުއްވުމާއި އަދި ދާދިފަހުން ޕެރިހާއި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުތަކާ އެކުވެސް، ވަގުތު ކޮޅެއް ނަންގަވައިގެން މި ދައުވަތު ޤަބޫލު ކުރެއްވިކަމީ އޭނާގެ ޤައުމަށް މޮދީ ދެއްވާ ޚާއްސަކަން ފާހަގަ ކުރެވޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!