ކެނެޑާއާއި މެކްސިކޯއިން އެތެރެކުރާ މުދަލަށް 25 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެކަމަށް ނިކަން ބާރަށް ވިދާޅުވި، ޓްރަމްޕް ރައީސް މިއަދު ވަނީ މެކްސިކޯއާ ބެހޭ ގޮތުން ވިދާޅުވި ވާހަކަ ކެންސަލް ކަމަށް ވިދާޅުވެފައެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބޯމްއާ ފޯނުން ވާހަކަ ދެއްކެވުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް މެކްސިކޯއިން ގަވާއިދާ ޚިލާފަށް ވަންނަ މީހުން ކޮންޓްރޯލު ކުރުމަށް މްކްސިކޯ ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެމެރިކާ މީހުން ބޭނުންކުރާ ފެންޓަނައިލް މަސްތުވާތަކެތި އެތެރެ ކުރުމަށް ހުރަސްއެޅުމަށްވެސް މެކްސިކޯ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ އެއްމަސް ދުވަހުގެ މުއްދަތަށް ކުރިން ބުނިއެތި ކެންސަލްކޮށް، މެކްސިކޯ ގެ ބައެއް މުދަލަށް ލުޔެއް ދޭން ނިންމީ ކަމަށެވެ.
ޓްރަމްޕް ކޮންގްރެސްގައި ވިދާޅުވީ މެކްސިކޯއާއި ކެނެޑާގެ މުދަލަށް އެމެރިކާއިން ޑިއުޓީ ނުނަގާގޮތަށް ހަމަޖައްސައި ކުރީގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމަކީ ބަޔަކު ކޮށްފައިވާ ގޯހެއް ކަމަށެވެ.
ޓްރަމްޕްގެ ސްޕީޗަށް ފަހު މީޑިއާއިން ޓްރަމްޕަށް ސާބިތު ކޮށްދީފައި ވަނީ އެ އެއްބަސްވުމަކީ ޓްރަމްޕް އިސްވެ ހުންނަވައިގެން އެކުލަވާލެއްވި އަދި އަމިއްލައަށް ސޮއިކުރެއްވި އެއްބަސްވުމެއް ކަމަށެވެ.




