ޤުރުއާން ކިޔަވަން އެންމެ ފަސޭހަ، ތަރްތީލް އޭއައި އެޕް

ޔާސީން ސޫރަތް ހިތުން ދަސްކޮށްފައި ނުވަނީ ކާކު ހެއްޔެވެ؟ އެކަމަކު ކޮންމެ ފަހަރަކު ޔާސީން ކިޔަވަން ބޭނުންވާއިރު ސޫރަތް ހޯދުން، ނޫނީ އެޕްގައި ކިޔަވަމުންދާއިރު ގަނޑު އެލުން، މިއީ ތަރްތީލު އޭއައި އެޕްގައި ކުރަން ޖެހޭ ކަންކަމެއް ނޫނެވެ!

ތަރްތީލް އޭއައި އެޕްގައި ޤުރުއާން ކިޔަވާއިރު ހިތުން ދަސްނަމަ، އެތަނެއް އެޕްގެ މައިކަށް ފިތާފައި އިއްވާލުމުން ވަގުތުން ހޯދައި ދޭނެއެވެ. އެހިސާބުން ކިޔެވުން ކުރިއަށް ގެންދަންވީއެވެ. އަދި ކިޔަވަމުން ދާއިރު ގަނޑު އެއްލާކަށްވެސް ނުޖެހޭނެއެވެ. ތަރްތީލް އޭއައި އަކީ، އަޑު އަހަމުން ތިބާގެ  ކިޔެވުމާ އެއްވަރަކަށް އާޔަތުގައި ކަލިމަތައް ފާހަގަ ކުރަކުން ގަނޑުތައް އުކަމުން، ކިޔެވުން ފަސޭހަ ކޮށްދޭ އެޕެކެވެ.

މިއީ، މަސްނޫއީ ބުއްދި ނޫނީ މަބް ބޭނުންކޮށްގެން އުފައްދާފައިވާ ޤުރުއާނަށް ޚާއްސަ ހަމައެކަނި އެޕެވެ.

އޯއެސްއާއި އެންޑްރޮއިޑު ފިހާރަތަކުން ލިބޭނެއެވެ. ތަރްތީލް އޭއައިގެ ލޯގޯ ހޯދާފައި ފޯނަށް ބާލާށެވެ.

ޤުރުއާން ހިތުދަސްކުރުމަށް ނޫނީ ހިތުން ދަސްކޮށްފައިވާ ބައިތައް މުރާޖަޢާ ކުރުމަށްވެސް ތަރްތީލް އޭއައި ނިކަން ފަސޭހަ ވާނެއެވެ.

2018 ވަނަ އަހަރު ތަޢާރަފް ކުރި މި އެޕް 4 މިލިއަން ފަހަރަށް ބާލާފައި ވެއެވެ. މިއެޕްގައި އެކި ބަސްބަހުން 112 ތަރުޖަމާއެއް ލިބެން ހުރެއެވެ.

ދިވެހިންނަށްޓަކައި، ރައީސް މައުމޫނުގެ ރައީސް އޮފީހުގެ ތަރުޖަމާއާއި ނައިފަރު ބަކުރުބޭގެ ތަރުޖަމާ ލިބެން ހުންނާނެއެވެ.

އިނގިރޭސި ތަރުޖަމާގެ ތެރޭން އެންމެ މަޤްބޫލު ތަރުޖަމާއަކީ ޒަމާނީ ބަހުން ތަރުޖަމާކޮށްފައިވާ އަޒުހަރުގެ ގުރެޖުއޭޓް މުސްތަފާ ޚައްޠާބްގެ ގްލޮރިއަސް ޤުރުއާން ތަރުޖަމާއެވެ.

ތަރްތީލް އޭއައިގައި ކިޔަވަމުންދާ ވަރަކަށް ރެކޯޑް ކުރެވޭނެއެވެ. އަދި ފަހުން ބޭނުންނަމަ އަޑު އަހާލެވޭނެއެވެ. ނުނީ އެހެން މީހަކަށް އޯޑިއޯ ފޮނުވާވެސް ލެވޭނެއެވެ.

ތަރްތީލް އޭއައިގެ ހިލޭ ފީޗާގައި ލިބެން ހުންނާނީ އެންމެ ފަހުގެ ރެކޯޑިން އެވެ. ޝަޢުބާން މަސް ނިމެންދެން ހުރިހައި ފީޗާތައް ލިހޭ ދީފައި ހުއްޓެވެ.

މި ރޯދަމަހަށް ތަރްތީލް އޭއައި އިން ކުރިންގެންދާ ސަވާބް ޕްރޮމޯޝަންގައި ތަރްތީލް އޭއައި ބޭނުންކޮށްގެން ޚަތިމެއް ކޮށްފިނަމަ އެމީހާއަށް ޞަދަޤާޖާރިއާއެއްގެ ގޮތުގައި އެހެން މީހަކަށް ތަރްތީލް އޭއައި އިން ހިލޭ ފީޗާތަކާއެކު ޚަތިމެއް ހަދިޔާ ކުރާނެއެވެ.

މި އެޕުގެ ޕެއިޑް ފީޗާތަށް ހޯދާނަމަ، މަހަކު 9.99 ޑޮލަރު ނުވަތަ އަހަރަކު 69.99 ޑޮލަރުގެ އިޝްތިރާކެއް ދައްކަން ޖެހެއެވެ.

ހިއްސާ ކުރައްވާ!