އަންދްރަ ޕްރަދޭޝްގައި ފެހި ހަކަތަ ޓެސްޓް ކުރަން ފަށައިފި

އިންޑިއާގެ އަންދްރަ ޕްރަދާޝްގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް 3،000 ޓަނުގެ ގްރީން ހައިޑްރޯޖަން އެކްސްޕޯޓް ކުރުމެވެ. އަންދްރަ ޕްރަދޭޝް އިން ވަނީ އެންޓީޕީސީ ގްރީން އެނާޖީ ލިމިޓެޑާ ގުޅިގެން 21 ބިލިއަން ޑޮލަރުގެ ގްރީން ހައިޑްރޯޖަން ހަބް ބިނާ ކުރުމަށް މަސައްކަތް ފަށާފައެވެ. އަންދްރާ ސަރުކަރުގެ އަމާޒަކީ، ދުވާލަކަށް 1500 ޓަނުގެ ގްރީން ހައިޑްރޮޖަން އުފެއްދުމެވެ. އަދި 7500 ޓަނުގެ މެތަނޮލް އުފައްދާށެވެ.

މިމަރުކަޒުގެ އަމަޒަކީ އުފެއްދުން 2032އާ ހަމައަށް ފުރިހަމަ ކުރާށެވެ.

ވިސާކަޕަޓްނަމް ބަނދަރު ކައިރީގައި ބުނާކޮށްފައިވާ ފެހި ކަހަތަ އުފައްދާ މި މަރުކަޒަކީ، އޭޝިއާގެ މާކެޓްތަކަށް ވެސް ރަނގަޅު މަރުކަޒެކެވެ.

އިންޑިއާގެ ނޭޝަނަލް ގްރީން ހައިޑްރޯޖަން މިޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ފެށީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު،އެވެ. ޓާޓާ މޮޓޯސް ގެ ހައިޑްރޯޖަން އިން ދުއްވާ ލޮރިތައް ތެސްޓް ކުރަމުން ދަނީ މި ތަނުން އުފައްދާ ހައިޑްރޮޖަން އިންނެވެ.

ހިއްސާ ކުރައްވާ!