އިސްރާއީލުގެ ސިފައިން ސޫރިޔާއަށް ތަކުރާރުކޮށް ހަމަލަ ދެމުންދާތިއާއި ދިރްޢާގެ ހުޅަނގުން ނަވާ އާއި ތާސިލްއާ ދެމެދުގައި އޮންނަ ތައްލުލްޖުމޫޢަށް ހަމަލަ ދެމުން ދިއުމާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ފައި އިނދޭފުރައިން މީހުން ޖިހާދަށް ނުކުތުމަށް ސޫރިޔާގައި ގޮވާލައިފިއެވެ.
ދިރްޢާއާއި ދިރްޢާގެ ވަށައިގެންވާ ހިސާބުތަކުގައި މިސްކިތްތަކުގެ ތާޅަފިލިން މި ރޭ ވަނީ ޖިހާދަށް ގޮވައި ތަކުބީރު ބަނދެފައެވެ.
ޖައުލާނީ ވެރިކަމަށް އައުފަހުން އިޒްރޭލުން ވަނީ ސޫރޔާގެ ސިފައިންގެ ހުރިހައި ވަސީލަތަތައް ހަލާކުކޮށްލާފައެވެ. އަދި ކޮންމެ ދުވަހަކުވެސް ސޫރިޔާއަށް އޒްރޭލުން ދަނީ ބޮން އަޅަމުންނެވެ.
ޖައުލާނީއަށް ހުޅަނގާއި އިޒްރޭލުގެ މަގްބޫލުކަން ހޯދުމަށްޓަކައި އޭނާ ވަނީ އިޒްރޭލުގެ ހަމަލަތަށް ފުރުސަތު ދީފައެވެ. އިޒްރޭލުން ވަނީ ސޫރިޔަގެ ގޯލާންގެ އުސްބިން އެއްކޮށްހިފާފައެވެ. އަދި ސޫރިޔާގެ މީރު ފެން އަންނަ ގަނޑުފެން ހިމެނޭ އެގައުމުގެ އެންމެ އުސްފަރުބަދަވެސް ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައި އެތާގައި ސިފައިން ބައިތިއްބާފައެވެ.
ޖުއްބާއާއި ފަގުޑީގައި ހަނގުރާމަ ކުރުމަށްފަހު ކޯޓުފަޓުލޫމުގައި ހުރެގެން ވެރިކަން ކުރާ ޖައުލާނީ ވަނީ ގޮނޑިކޮއްކޮއަކަށް ވެފައެވެ.






