ފުލުހުންގެ އިސް އޮފިސަރުންތަކެއްގެ ބައިވެރިވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓު ކާޓަންތަކެއް ނެރުނު މައްސަލައިގެ ހަގީގަތް ހޯދަން ފަށައިފިއެވެ. ޑިއުޓީ ފްރީން ގެންދިޔަ ސިގިރޭޓުތައް ގެންދިޔައީ ޑަސްބިން ކޮތަޅުތަކެއްގައެވެ. އަދި އެތަކެތި ހޯދައި ގަތީ ކަސްޓަމްސްއިންނެވެ.
މިމައްސަލާގައި 3 މީހެއްގެ ވަނަވަރު ހާމަކޮށްފައި ވެއެވެ. އެއީ، މިދިޔަ މަހު 25ގައި ހައްޔަރުކުރި މ. ސިލްވާނެސްޓް އަހުމަދު އަފްސަލާއި ދަފުތަރު ނަންބަރު ރސ. 14358 ޔޫސުފް ނަޒީރެވެ. ނަޒީރަކީ ފުލުހެކެވެ. އަދި ނ. ވެލިދޫ އައިހަމް އެވެ. އައިހަމް އަކީ އެއާޕޯޓްގައި ވަޒީފާ އަދާ ކުރާ ސިފައިންގެ މީހެކެވެ.
ވަގަށް ސިނގިރޭޓު ބޭރުކުރުމުގައި މިމީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެއެވެ. އަދި އެމީހުންގެ އެކައުންޓުތަކުގައި ގިނަ އަދަދަކަށް ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެއެވެ.
ސަރުކާރުން ވަނީ ދުންފަތާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.



