ޓިބެޓްގެ އިންސާނީ ހައްގާ ބެހޭ ރިޕޯޓެއް ނެރެފި

ޗައިނާގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ ފަހުގެ ރިޕޯޓަށް ޓިބެޓުން ބޭރުގައި ދިރިއުޅޭ ޓިބެޓުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޓިބެޓުގެ ސެންޓަރ ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ (ޓީސީއެޗްއާރުޑީ) އިން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި ޓިބެޓްގެ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭ ބައެއް ކަމަށްވާ ޑްރިރޫ ކައުންޓީގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން 2012 އާއި 2022 އާ ދެމެދު އިންސާނީ ހައްގުތަކާ ހިލާފު ބޮޑެތި އަމަލުތައް ހިންގާފައިވެ އެވެ.

“އިފް ގިއަލްމޯ ންގްލްޗޫ ކުޑް ފީލް”ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި ޗައިނާއިން ޑްރިރޫގައި ޓިބެޓުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަމާއެކު ފިޔަވަޅު އަޅާ ގޮތް ބަޔާންކޮށްފައިވެ އެވެ. އެއީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ޗައިނާގެ ދިދަ ކޯރަކަށް އުކާލުމުން އެޅި ފިޔަވަޅެކެވެ. އަދި މީހުންނަށް މަޖުބޫރުކޮށްގެން ދިދަ އުފުލުމުގެ ކެމްޕޭނެއް ބާއްވާފައި ވެއެވެ.

ޓީސީއެޗްއާރުޑީގެ އެގްޒެކެޓިވް ޑިރެކްޓަރު ޓެންޒިން ދާވާ އޭއެންއައިއަށް ކިޔައިދިން ގޮތުގައި މި އަނިޔާތަކަކީ ޓިބެޓުގެ ދެކޮޅުވެރިކަން ހުއްޓުވައި އެމީހުންގެ އައިޑެންޓިޓީ ފޮހެލުމަށް ޗައިނާއިން ރާވާފައިވާ ޕްލޭންގެ ބައެކެވެ.

ސިޔަސީ ހިމޔަތުގައި އުޅޭ ޓިބެޓް ސަރުކާރުގެ ތަރުޖަމާނު ޓެންޒިން ލެކްޝޭ ވެސް ވަނީ އޭއެންއައިއާ ވާހަކަ ދައްކާފަ އެވެ. އޭނާ ވިދާޅުވީ ޗައިނާގެ ރިޕޯޓުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޓިބެޓުގެ ހައްގުތަކަށް ނޫން ކަމަށެވެ. "އެމީހުން ވާހަކަ ދެއްކުމާއި، ހަރަކާތްތެރިކަމާއި، ގަބޫލުކުރުން ފަދަ މިނިވަންކަންތަކަށް ފަރުވާލެއް ނުބަހައްޓާ،" އޭނާ ވިދާޅުވި އެވެ. "ޝީ ޖިންޕިންގެ ވެރިކަމުގައި ޓިބެޓުގެ ހާލަތު ވަރަށް ގޯސް. އަދިވެސް އެތައް ހުރަސްތަކެއް އެބަހުރި، އަދި ޓިބެޓުގެ ހައްގުތައް ހިމާޔަތް ނުކުރެވޭ." އަދި އެއީ ކާރިސާއެއް ކަމަށް ވިދާޅުވެ ދުނިޔޭގެ ސަމާލުކަން ދިނުމަށް އެދިވަޑައިގެންނެވި އެވެ.

ހިއްސާ ކުރައްވާ!