އައިސީޖޭ އިން ޙުކުމް ކުރީ ސޫދާނާ ދެކޮޅަށް

ދާފޫރުގައި ނަސްލު ނައްތާލުމުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށް، ވަގުތީ ފިޔަވަޅުތައް އެޅުމަށް ސޫދާނުން އެދުނު މައްސަލަ އައިސީޖޭއިން މިއަދު ބާތިލްކޮށްފި އެވެ. ސޫދާނުން ތުހުމަތު ކުރީ ޔޫއޭއީން ޖެނޮސައިޑް މުއާހަދާއާ ޚިލާފުވެ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު ދާފޫރުގެ މަސަލިތު ކޮމިއުނިޓީއާ ދެކޮޅަށް އަނިޔާވެރިކަން ހިންގާ ޕެރަމިލިޓަރީ ޖަމާއަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އަށް ތާއީދުކޮށް ހަތިޔާރު ސިން ކަމަށެވެ.

އައިސީޖޭގެ ހުކުމް ބިނާވެފައި އޮތީ ސޫދާނުން ބުނާ ގޮތުގައި ނަސްލު ނައްތާލުމުގެ މުއާހަދާގެ ނުވަ ވަނަ މާއްދާއަށް ޔޫއޭއީން ރިޒަވޭޝަނެއް އޮތް ކަމަށް ބުނުމުންނެވެ. ނަމަވެސް ކޯޓުން ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ އިޚްތިސާސް ނެތް ކަމަށް ބުނެ ޔޫއޭއީގެ ވާހަކައަށް ތާއީދުކޮށްފަ އެވެ.

ޖެނޮސައިޑާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ވަނީ މި މައްސަލަ އެއްކޮށް ފައިލް  ނުކުރުމަށް އެދިފައެވެ. އަދި ޖެނޮސައިޑްގައި އަނިޔާ ލިބުނު މީހުންނަށް އެ މައސަލާގައި ކުރިއަށް ދެވޭ ގޮތަށް ހަދާފައި ބޭއްވުމަށެވެ.

ޔޫއޭއީން ވަނީ ސޫދާނީ ތުހުމަތުތައް ދޮގުކޮށް، އެ މައްސަލައަކީ އިޗްތިހާރު ވާން ޚަރުޠޫމުން ކުރި ކަމަށް ބުނެފަ އެވެ.

މި ދައުވާއަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ޔޫއޭއީ ބައިވެރިވާ ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ.

ސޫދާނުން ވަނީ 2023 ވަނަ އަހަރުން ފެށިގެން ސޫދާނުގެ ސިފައިންނާ ހަނގުރާމަ ކުރަމުން އަންނަ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އަށް ޔޫއޭއީން ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ ހޭގްގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދައުވާ ކޮށްފައެވެ. ޔޫއޭއީގެ މަދަދާއެކު އެތައް ބަޔަކާ ދެކޮޅަށް އާރްއެސްއެފްއިން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށާއި އެމީހުންނަށް އަބޫދާބީ ސަރުކާރުން ވާގިވެރިވި ކަމުގެ ހެކި ދައްކައި މިދިޔަ މަހުގެ އަޑުއެހުންތަކުގައި ގާނޫނީ ޖަދަލުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ސޫދާނުގެ ފަރާތުން ވަކާލާތު ކުރީ އެކްޓިން ޖަސްޓިސް މިނިސްޓަރު މުއާވިއަތު އުސްމާން އެވެ. އޭނާ ވިދާޅުވީ "އާރުއެސްއެފްއަށް ހަތިޔާރު ފޮނުވުމާއި ޔޫއޭއީގެ ބައިވެރިވުމެއް ނެތި މި ނަސްލު ނައްތާލުމަކީ ބާޣީ ޖަމާއަތަށް ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

"ޔޫއޭއީން އާރުއެސްއެފްއަށް ފޯރުކޮށްދީފައިވާ އަދި ދެމުންދާ ސީދާ ލޮޖިސްޓިކަލް އަދި އެހެނިހެން ސަޕޯޓަކީ މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމާއި ރޭޕްކުރުމާއި މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށް މީހުން ދިއުމާއި ފޭރުމާއި ލޫޓުވުމުގެ އަސާސް،" އުސްމާން ވިދާޅުވި އެވެ.

ޔޫއޭއީގެ ފަރާތުން ވަކާލާތު ކުރީ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލް ރީމް ޤަޠާއިޠް އެވެ. އޭނާ ވިދާޅުވީ ސޫދާނުގެ ތުހުމަތުތަކަކީ "އޮޅުވާލުންތަކެއް ކަމަށާއި ދެއްކި ހުރިހައި ވާހަކައަކީ އުފައްދައިގެނ ދެއްކި ވާހަކަތައް"  ކަމަށެވެ. އަދި މިއީ ޔޫއޭއީ ނުބައި މީސް ކުރުމަށް ދެއްކި ވާހަކައެއް ކަމަށް ވިދާޅުވިއެވެ. ޔޫއޭއީއަކީ އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާން ވަނީ ސިފައިންގެ ވެރިޔާ އަބްދުލް ފައްތާހު އަލްބުރުހާން އާއި އާރުއެސްއެފްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގްލޯއާ ދެމެދު ގެ އަހުލީ ހަނގުރާމައަކަށް ބަދަލުވެފައެވެ.

ހިއްސާ ކުރައްވާ!