ލެޕަރޮސްކޯޕިކް ސާޖަރީ ބޭނުންކޮށްގެން 4.5 ކިލޯގެ ޔުޓަރެސްއެއް ނަގައި ރެކޯޑް ހަދައިފިއެވެ. މި ސާޖަރީ ހަދާފައި ވަނީ ޗެންނާއި ގައި ޑރ. ސުރަކްޝިތު ބަޓީނާ އެވެ. މީގެ 2009ގައި ނަގާފައިވާ މިހާބޮޑު ޔުޓަރެސްއަކީ، 4.1 ކިލޯގެ ޔުޓަރެސް އެކެވެ. އެ ރިކޯޑް އޮތީ އޭނާގެ ޕްރޮފެސަރުގެ އަތުގައެވެ.
އިންޑިއާގެ ޗެންނާއީގެ އިންޑިގޯ ވިމެންސް ސެންޓަރުގައި މި ސާޖަރީ ހަދާފައި ވަނީ އުމުރުން 44 އަހަރުގެ އަންހެނަކަށެވެ.
ޑރ. ބަޓީނާ މަޝްހޫރުވެފައިވަނީ ކުރިއަރާފައިވާ ސާޖަރީ ބޭނުން ކުރާ ޑޮކްޓަރެއްގެ ގޮތުގައެވެ. އޭނާއަކީ ޗެންނާއީއަށް އެންމެ ފުރަތަމަ 3ޑީ ލެޕަރޮސްކޯޕީ ތައާރަފްކުރި ޑޮކްޓަރެވެ. މިސާޖަރީއާ ބެހޭ ގޮތުން އޭނާ ބުނެފައި ވަނީ މިއިން ދައްކައި ދެނީ، ލެޕަރޮސްކޯޕީ އަކީ އުނދަގޫ ކޭސްތަކަށް ރައްކާތެރި އެއްޗަކަށް ވެދާނެ ކަމަށާއި، އޯޕަން ސާޖަރީގެ ނުރައްކާތަކުން ސަލާމަތްވެވިދާނެ ކަމަށެވެ. އޭނާ ތަމްރީނު ހޯއްދެވީ ގައިނެކޮލޮޖީއާއި ލެޕަރޮސްކޯޕީ، އަދި ކޮސްމެޓިކް ގައިނެކޮލޮޖީގެ ދާއިރާއިންނެވެ.
ޗެންނާއިގައި ހިންގާ އިންޑިގޯ ވިމެންސް ސެންޓަރު ހޮސްޕިޓަކީ 2016ގައި އޭނާ ފެށި ހަސްފަތާލެކެވެ. މިއީ ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައި އަންހެނުންނަށް ދުނިޔޭގެ ފެންވަރުގެ ފަރުވާ ފޯރުކޮށްދޭ ސެންޓަރެކެވެ.



