ޓިކްޓޮކް އަށް ޔޫރަޕިއަން ޔޫނިއަން އިން 530 މިލިއަން ޔޫރޯ (600 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ކޮށްފިއެވެ. މިއީ ޔޫރަޕްގައި އެ އެޕް ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ޤާނޫނާ ޚިލާފަށް ޗައިނާއަށް ފޮނުވުމުގެ ސަބަބުން ކޮށްފައިވާ ޖުރިމާނާއެކެވެ. އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނުން ފާހަގަކުރި ގޮތުގައި ޓިކްޓޮކް އިން ޔޫރަޕިއަން ޔޫނިއަންގެ ޕްރައިވަސީ ޤާނޫނުތަކާ ޚިލާފުވެފައިވަނީ ޗައިނާ ސަރުކާރުގެ ބޭނުމަށް ޗައިނާގައި މައުލޫމާތު ރައްކާ ކުރުމުގެ ގޮތުންނެވެ.
ޓިކްޓޮކް އިން 6 މަސްދުވަހުގެ ތެރޭގައި ޑޭޓާ ބެލެހެއްޓުމުގެ އުސޫލުތައް ރަނގަޅުކުރަންވާނެ ކަމަށާއި ނުވަތަ ޗައިނާއަށް ޑޭޓާ ފޮނުވުން ހުއްޓާލަންވާނެ ކަމަށް ބުނެފައި ވެއެވެ. އެ އެޕް ހިންގާ ބައިޓްޑާންސް ކުންފުނިން މިކަމާމެދު އިސްތިއުނާފު ކުރުމަށް ރާވަމުންދާ ކަމަށް ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ އެއްވެސް އިރެއްގައި ޔޫރަޕިއަން ޔޫނިއަންގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ޗައިނާގެ އިދާރާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.



