އަގުހުރި މުދާ އެންމެ ގިނައިން އުފައްދަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން

ބޮސްޓަން ކޮންސަލްޓިންގ ގްރޫޕްގެ 2025 ވެލިއު ކްރިއޭޓަރސް ރިޕޯޓުގައިވާ ގޮތުން، އޭޝިއާ-ޕެސިފިކް ސަރަޙައްދު ވަނީ އުތުރު އެމެރިކާ އަދި ޔޫރަޕްއަށް ވުރެ ކުރިއަރައިގޮސް، ދުނިޔޭގެ އެންމެ ގިނައިން ވެލިއު އުފައްދާ 100 އަގު ބޮޑު ކުންފުނިތަކުގެ ތެރެއިން 68 ކުންފުނި ހިމެނޭ ސަރަހައްދަށް ވެފައެވެ.

މި ކުރިއެރުމުގައި އިންޑިއާއިން އިސް ދައުރެއް އަދާކުރެއެވެ. މި އެންމެ މަތީ 100 ކުންފުނީގެ ލިސްޓްގެ ތެރޭގައި އިންޑިއާގެ 29 ކުންފުނި ހިމެނެއެވެ. އަދި ދިރާސާކުރެވުނު 35 ސިނާއަތުގެ ތެރެއިން ކޮންމެ ސިނާއަތެއްގައިވެސް އެންމެ މަތީ 10 ގައި އިންޑިއާގެ 72 ކުންފުނި ހިމެނޭ ކަމަށް ދައްކައެވެ.

ބީސީޖީގެ އިންޑިއާގެ ކޯޕަރޭޓް ފައިނޭންސް އެންޑް ސްޓްރެޓެޖީގެ ވެރިޔާ އަކްޝޭ ކޮހްލީ ވިދާޅުވި ގޮތުގައި މި "އިންޑިއާ ފެނޮމެނޮން" އަކީ އައު ޓެކްނޮލޮޖީ އަދި ޒަމާންވީ މެނުފެކްޗަރިންގ ގެ ދާއިރާތަކަށް ފެތުރިފައިވާ ކަމެކެވެ. އަދި މިއީ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މާކެޓް ރިފޯމްވަމުން ދިޔަ ނަމަވެސް، އިންޑިއާގެ ކުންފުނިތަކާމެދު ދުރު މުއްދަތުގެ އުންމީދުތައް ވަރަށް މަތީގައި ދެމިހުރުމާއެކު، ކުންފުނިތަކުގެ އިސްވެރިންނަށް ކުރު މުއްދަތުގެ ނަތީޖާތަކާއި ދެމެހެއްޓެނިވި ކުރިއެރުމާ ދެމެދު ހަމަހަމަ ކަމެއް ގެންގުޅެން ޖެހެއެވެ.

ދުނިޔޭގެ 2،345 ކުންފުންޏެއްގެ ޖުމްލަ ހިއްސާދާރުންގެ ފައިދާ ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވުނު މި ރިޕޯޓުގައި، އޭޝިއާ-ޕެސިފިކް ސަރަޙައްދު ކުރީގައި އުޅޭކަން ފާހަގަކޮށް ފައިވެއެވެ.

މި ސަރަޙައްދުން 18 ސިނާއަތެއްގެ އެންމެ މަތީ 10 ގެ ތެރެއިން 5 ނުވަތަ އެއަށްވުރެ ގިނަ ކުންފުނި ހިމެނޭއިރު، އޮޓޯމޯޓިވް ކޮމްޕޯނަންޓްސް، ކޮންސިއުމަރ ޑިއުރަބަލްސް، އަދި ކެމިކަލްސް ދާއިރާގެ އެންމެ މަތީ 10 ގައި ހިމެނެނީ މި ސަރަޙައްދުގެ ކުންފުނިތަކެވެ.

އިޤްތިޞާދީ ހާލަތުގެ ޔަޤީންކަން ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކުޑަވެފައިވި ނަމަވެސް، ދުނިޔޭގެ ވެލިއު އުފެއްދުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި އަހަރަކު 9.8 އިންސައްތައިގެ ރޭޓުން ކުރިއަރަމުން ގޮސްފައެވެ. މިއީ 2015-2019 ގެ މުއްދަތުގެ ތެރޭގައި އަހަރަކު 9.6 އިންސައްތައިގެ ރޭޓުން ކުރިއެރި ކުރިއެރުމަށް ވުރެ ކުޑަ މިންވަރެއް ކަމަށް ދައްކައެވެ.

ހިއްސާ ކުރައްވާ!