އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް މިސްރަށް ސާފު ބަހުން އަމުރެއް ކޮށްފިއެވެ. މިސްރުގެ ރައީސް ވަނީ ޓްރަމްޕަށް: ސޮރީ! ނޯ! އޭ ވިދާޅުވެ އީޖިޕްޓް ފަސްޓް! ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕަކީ ގަދަބާރުން އިންޓަރނޭޝަނަލް ޑިޕްލޮމެސީ ހިންގަން އުޅޭ ވެރިއެކެވެ. ޓްރަމްޕް މިސްރަށް އަންގަނީ މިސްރުގެ ސުއޭހު ކެނަލުން ދަތުރުކުރާ އެމެރިކާ އާގުބޯޓުތަކާއި މަނަވަރުތަކަށް މިސްރުން ފީއެއް ނަގައިގެން ނުވާނެ ކަމަށެވެ!
ޓްރަމްޕްގެ ގައްޑާ ޚާރިޖީ ސިޔާސަތުން އެހެން މީހުން އަތްކަށި އަނބުރައިގެން އިސްވެޓްމެންޓްތައް ހޯދަން އުޅެއެވެ. އެގޮތުން އާއިލީ ކުންފުންޏަށާއި އެމެރިކާ ސަރުކާރަށް ދީލާލައިގެން އެއް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން އެއްބަސްވީ ސައުދީ މުހައްމަދު ބިން ސަލްމާން އެވެ. ބޭރު ޚަބަރު ކިޔައި އުޅޭ މީހުންނަށް ސަބަބު ސިއްރުވެފައެއް ނުވާނެއެވެ.
ޓްރަމްޕް ގްރީންލެންޑް ގަންނަން ދިމާކުރުމުން އެގައުމުން ޓްރަމްޕަށް މަލާމާތް ކޮށްލީއެވެ. ކެނެޑާ އެމެރިކާގެ ބައެއް ކަމަށް ހަދަން އުޅުމުން ކެނެޑާއިން މަލާމާތް ކޮށްލީ އެވެ.
މިއީ ސީސީ ޓްރަމްޕަށް ދެއްވި ދެވަނަ ނޯ! ބަސްފުޅެވެ. ޣައްޒާ މީހުން ސީނާގައި އާބާދު ކުރަން ބުނެ، އެކަމަށް މަޖުބޫރު ކުރުމަށް ސީސީ ވައިޓްހައުސްއަށް ގެންދަން އުޅުމުން ސީސީ ވަނީ ނޫނެކޭ ވިދާޅުވެފައެވެ.




