އިންޑިއާގެ އެސް400 ހަލާކުކޮށެއް ނުލެވޭ

ޕާކިސްތާނުން ރިޕޯޓުކޮށްފައިވާ ގޮތާ ޚިލާފަށް އިންޑިއާގެ އެސް-400 ވައިގެ ދިފާއީ ނިޒާމަށް ޕާކިސްތާނަށް އެއްވެސް ގެއްލުމެއް ދެވިފައި ނުވާކަމަށ  އިންޑިއާއިން ބުނެ ޕާކިސްތާންގެ ވާހަކަ ދޮގުކޮށްފިއެވެ.

އެސް-400 ސިސްޓަމަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓްތަކަކީ އަސާސެއް ނެތް، ފޭކް ޚަބަރުތަކެއް ކަމަށް ޑިފެންސް އޮފިޝަލުން ބުނެފައި ވެއެވެ.

ޕާކިސްތާނުން ވަނީ އަމްރިޓުސާއަށް ތުރުކީގެ ބައިކާރ ޔިހާ 3 ކަމިކާޒޭ ޑްރޯންތައް ފޮނުވާލާފައެވެ. މި ކަމިކާޒޭ ޑްރޯންތައް ފޮނުވާލުމުން ޕަންޖާބުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އިންޑިއއިން ބުނެއެވެ. ފަތިހު ދީފައިވާ މި ހަމަލަ އިންޑިއާއިން ނައްތާލާފައިވާ ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!