ދެކުނު ކޮރެއާގެ ކުރީގެ މަހާ ރެހެނދިއާ ސުއާލު ކުރަނީ

އިންތިހާބަށް ކެންޑިޑޭޓުން ހޮވުމުގައި ދެކުނު ކޮރެއާގެ ކުރީގެ މަހާ ރެހެނދި ނުފޫޒު ބޭނުން ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕީޖީން ވަނީ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ސުވާލު ކުރުމަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވާފަ އެވެ. ޕީޖީން ރާވާފައި ވަނީ ކުރީގެ މަހާ ރެހެނދި ހާޒިރު ވަޑައިގަތުމަށް ދެކޮޅު ހައްދަވައިފިނަމަ، “ގަދަކަމުން” ވެސް ހާޒިރު ކުރުމަށެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ޕްރޮސެކިއުޓާގެ އޮފީހުން ވަނީ އާންމު އިންތިހާބުގެ ގާނޫނާއި ސިޔާސީ ފައިސާ ހޭދަ ކުރުމުގެ ގާނޫނާ މަހާރެހެނދި ހިލާފުވި ކަމަށް ބުނާ މައްސަލައިގައި ސުވާލު ކުރުމަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ހާޒިރުވުމަށް ލިޔުމުން އެދިފަ އެވެ.

މި ފިޔަވަޅު އަޅާފައި ވަނީ ފާއިތުވި ހަފްތާތަކުގައި ސުވާލު ކުރުމަށް އެތައް ފަހަރަކު އަނގަބަހުން އެކަމަނާއަށް ދެންނެވުމާއި އަދި ނުރަސްމީ ގޮތެއްގައި ދެންނެވުމުންވެސް އިޖާބަ ނުދެއްވުމުންނެވެ.

ތުހުމަތު ކުރެވޭ ގޮތުގައި ކިމް ވަނީ އޭނާގެ ފިރި ކަލުން ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް އާއި އެކު ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ) ގެ ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ސަޕޯޓު ހޯއްދެވުމުގައި ނުފޫޒުގެ ބޭނުން ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!