އިޒްރޭލަށް ވަގަށް އެމެރިކާއިން ހަމާސްއާ ޑީލް ހަދައިގެން އެމެރިކާއަށް ނިސްބަތްވާ ހަނގުރާމައިގެ އަސީރު މިނިވަން ކުރުމަށް މަސައްކަތް ކުރުމުން ރޭ ހަތަރު ދަމު ނަތަންޔާހޫ އަށް އޮންނަން ޖެހުނީ ނުނިދައި ކަމަށް މިއަދު ކޯޓުގައި ބުނެފިއެވެ. ދެ ލޯ ބަޑި ޖަހާފައިވާ ނަތަންޔާހޫ އަށް ގާޒީ ކުރަމުންދިޔަ ސުއާލުތަކަށް ޖަވާބު ދިނުން ލަސްވުމުން ވެގެން އުޅެނީ ކިހިނެއްތޯއާއި ހަމަ ހޭގައި ހުރިންތޯ އެހުމުން ނަތަންޔާހޫ ބުނީ ހޭވެރިކަމެއް ނުވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލަށް ކޯޓުން އެހުމުން ބުނީ ރޭ ހަތަރު ދަމު ނުނިދައި އުޅުނީ ކަމަށެވެ. އަދި އެލެގްޒެންދަރު އިޑާމްގެ ކަންތައް ދިޔަ ގޮތުން ވިސްނައި ފިކުރު ބޮޑުވެފައިޥާ ކަމަށާއި މިއަދު ވިޓްކޯފް އިޒްރޭލަށް އައުމުން އޭނާއާ ވެސް އެކަމުގައި ވާހަކަ ދައްކަން ޖެހިފައިވާ ކަމަށެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ދެއްކި ގޮތުގައި ނަތަންޔާހޫގެ ހޭ ފިލައި ގޮސްފައިވާ ކަން ގާޒީއަށް ޔަގީން ވުމުން މިއަދުގެ ޝަރީއަތުގެ މަޖިލިސް ކުރުކޮށްލައި 11.30ގައި ނިންމައި ލީއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަކީ، އޭނާ ރިޝްވަރު ނެގި ކޮރަޕްޝަންގެ މައްސަލާގެ އަޑު އެހުމެކެވެ.





