އައްބާސް އަލްޖަޒީރާ ބެލުން ހުއްދަ ކުރައްވައިފި

އައްބާސްގެ ސަރުކާރުގެ ކޮރަޕްޝްންގެ ވާހަކަ ރިޕޯޓު ކުރާތީ މަނާ ކުރި އަލްޖަޒީރާއަށް ރާމަﷲއިން ބްރޯޑްކާސްޓު ކުރުމަށް މަހުމޫދު އައްބާސް ހުއްދަ ދެއްވައިފިއެވެ. ފަލަސްޠީނު ރައީސް މަހްމޫދު އައްބާސް ވަނީ ޖެނުއަރީ މަހުން ފެށިގެން ރާމަﷲގައި އަލްޖަޒީރާ އޮޕަރޭޓު ކުރުން ހުއްޓުވައި އޮފީސް ބަންދުކޮށްފައެވެ.

ރާމަﷲގައި އަލްޖަޒީރާ ބިއުރޯގެ ވެރިޔަކީ ވަލީދު ޢުމަރީއެވެ.

އަލްޖަޒީރާ ބަންދުކުރުމަށް ދިމާވި އަނެއް ސަބަބަކީ އައްބާސްގެ ފުލުހުން ޒަޔަނިސްޓުންނާ ގުޅިގެން ޖެނިން ރެފިއުޖީ ކެމްޕްގައި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަމުން ދިއުމުން އެކަން ރިޕޯޓު ކުރުމުންނެވެ.

ރާމަﷲގައި ހުއްދަ ދެވުނު ކަމުގައިވިއަސް، ޒަޔަނިސްޓުން ވަނީ އަލްޖަޒީރާ ހިފާފައިވާ ފަލަސްޓީނުގެ ބިންތަކުން އިޒްރޭލު ބާރުހިންގާ ބިންތަކުގައި އޮޕަރޭޓު ކުރުން މިދިޔަ ޖުލައި މަހުން ފެށިގެން މަނާކޮށްފައެވެ.

ހިއްސާ ކުރައްވާ!