ޣައްޒާގައި ހަނގުރާމައިގެ ޖަރީމާ ހިންގުމުގައި އިނގިރޭސި ސަރުކާރުން ޒަޔަނިސްޓުންނަށް އެހީވެފައިވާ ކަމަށް ބުނެ، އިނގިރޭސި ސަރުކާރު ގޮވައިގެން ކޯޓަށް ހިނގައްޖެއެވެ. ފަލސްޠީނު މީހުންގެ ހައްގަށް ތާއީދު ކުރާ އަލްހައްޤު ޖަމުއިއްޔާއާއި އޮކްސްފާމްއާއި އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނަނީ ޒަޔަނިސްޓުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ދިޔައިރު އެކަން އެނގި ތިބެގެންވެސް، އިނގިރޭސި ސަރުކަރުން އެފް35 ގެ ބޮންއަޅާ ބޯޓަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދީފައިވާ ކަމަށެވެ.
މި ދައުޥާ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ހައިކޯޓުގައެވެ.
އިނގިރޭސިވިލާތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބައެއް ހަތިޔާރު ޒަޔަނިސްޓުންނށް އެކްސްޕޯޓު ކުރުން މަނާ ކުރިއެވެ. ނަމަވެސް އޭގެ ތެރޭގައި އެފް-35 ގެ ކޮމްޕޯނެންޓްތައް ނުހިމެނެ އެވެ.
މިކަމާ ގުޅިގެން، އެމްނެސްޓީ ޔޫކޭގެ ސަޗާ ދޭޝްމުކް ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ނަސްލު ނައްތާލުން ހުއްޓުވުމަށް އިނގިރޭސިވިލާތުން މަސައްކަތް ކޮށްފައި ނުވާކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ.




