ސޫރިޔާގައި އައު ހަތިޔާރު އެޅި ޖަމާއަތެއް ފައުޅުވެއްޖެ

ސޫރިޔާގައި އައު ހަތިޔާރު އެޅިޖަމާއަތެއް ފާޅު ވެއްޖެއެވެ. ސީރިޔާގެ އިސްލާމީ ދެކޮޅުވެރި ޖަމާއަތް، "އުލުލްބައުސި" ޖަމާއަތުން ބުނެފައި ވަނީ އެމީހުންނަކީ އިޒްރޭލުން ސޫރިޔާގައި ހިންގާ އުދުވާނީ ހަމަލަތަކާ ކުރިމަތި ލުމަށް ފާޅުވި ޖަމާއަތެއް ކަމަށެވެ. މިޖަމާއަތުން ވަނީ ޤުނައިޠަރާއާއި ދަރްޢާގައި އިޒްރޭލާ ދެކޮޅަށް ހަމަލަތަކެއް ދީފައެވެ.

އުލުލްބައުސްއާ ބެހޭ ގޮތުން ސޫރިޔާ ސަރުކާރުން ނުވަތަ ރަސްމީ ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އުލުލްބައުސި އާ ބެހޭ ގޮތުން އިޒްރޭލު މީޑިއާއާއި އެމެރިކާގައި އިޒްރޭލަށް ސަޕޯޓު ކުރާ މީޑިއާގައި ޝައުޤުވެރިކަން ފާޅުކޮށްފައި ވެއެވެ. ނިއުޔޯކްޓައިމްސްގައި ޚާއްސަ ކަވަރޭޖެއްވެސް ގެންސްދީފައި ވެއެވެ.

އުލުލްބައުސްގެ ލޯގޯގައި ޙިޒުބުﷲއާ ގުޅޭ ސިފައެއްވެސް ހިމެނޭ ކަމަށް މީޑިއާއިން ބުނެއެވެ. އަދި އަސަދުގެ ސަރުކާރުން ގެންގުޅުނު ސޫރިޔާ ދިދަވެސް މިމީހުން ބޭނުން ކުރާ ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!