އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ސީރިއާގެ ރައީސް އަހުމަދު އަލްޝަރުޢު ޖައުލާނީއާ ރިޔާޟުގައި ބައްދަލު ކުރައްވާނެއެވެ.
ޖައުލާނީ ވަނީ ސޫރިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، ޓްރަމްޕް ޓަވަރު އެޅުމަށް ދިމިޝްޤްގުން ބިން ދޭނެ ކަމަށް ވިދާޅުވެފައެވެ.
އިއޔެ ސައޫދީ އިންވެސްޓެމެންޓު ފޯރަމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ނިންމަވައި އެކަން އިއުލާން ކުރައްވާފައެވެ.
ޖައުލާނީ ސޫރިޔާގެ ވެރިކަން ހޯއްދެވީ މިދިޔަ ޑިސެމްބަރު މަހު ބައްޝާރުލް އަސަދު ވެރިކަމުން ދުރުކޮށް، 13 އަހަރުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހުއެވެ.






