ހިފާފައިޥާ ފަލަސްޠީނަށް ޔަމަނުގެ އންސާރުﷲ އިން ފޮނުވާލި މިސައިލަކުން ގިނަ އަދަދެއްގެ ޔަހޫދީންނަށް ބިންމަތީގައި ބަނޑުޖަހައިގެން ތިބުމަށާއި ބިންގަރާހަށް ވަނުމަށް މަޖުބޫރުކޮށްފިއެވެ.
ހޫސީންގެ ލީޑަރު އަބްދުލް މަލިކު ހޫސީ ވިދާޅުވެފައި ވަނީ ބަނޑަށް ޖައްސާފައިވާ ޣައްޒާއަށް ނަޞްރަށް އެދި ޔަމަނުން ކުރާ މަސައްކަތަކަށް ހުއްޓުމެއް ނެތް ކަމަށެވެ.
ޔަމަނުން ފޮނުވާލި މިސައިލް ވަނީ ހިފާފައިވާ ފަލަސްޠީނުގެ ލައްދައި ޔާފާގައި ގާއިމް ކޮށްފައިވާ ޔަހޫދީންގެ ބެންގޫރިއޮން އެއާޕޯޓުގެ ދަތުރުފަތުރުތައްވެސް ހުއްޓުވާފައެވެ. މިހަމަލާއާ ގުޅިގެން އެތައް ލައްކަ މީހުންނެއް ހިމާޔަތް ހޯދުމަށް ހޭލަމޭލަ ވެގަތެވެ.
ހިފާފައިވާ ފަލަސްޠީނުގައި އިންދާފައިވާ ޔަހޫދީންގެ ދައުލަތުގެ މީޑިއާއިންވެސް ވަނީ މިހަމަލަ ކަށަވަރުކޮށްދީފައެވެ.






