ޔަހޫދީ ސިފައިން މިއަދު އޮޕަރޭޝަން ހިންގަމުން ގެންދަނީ ބައިތު ލާހިޔާގައެވެ. ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ހިންގަމުން ގެންދާ ގަތުލުއާންމުތަކުގައި މިއަދާއެއްކޮށް މިހާތަނަށް، 143 މީހުން ޝަހީދު ކޮށްފިއެވެ. އޭގެ ތެރޭގައި މިއަދުގެ ފަތިސް ގަޑީގައި އެއް ހަމަލާގައި ޝަހީދުކޮށްލި 21 މީހުންވެސް ހިމެނެއެވެ.
މިހާރު ހިސާރަކޮށް ހަމަލަ ދެމުން ދަނީ ބައިތު ލާހިޔާގައި ރެފިއުޖީން ތިބި ސަރަހައްދަކަށެވެ.
ޖަބާލިއާ ރެފިއުޖީ ކޭމްޕަށާއި ޚާން ޔޫނުސްއަށްވެސް ޙަމަދެމުން ދެއެވެ.






