އިޒްރޭލު އެމްބެސެޑަރު ގެސްޓްހައުސް ވިޔަފާރިއަށް ދަތިކުރަން ފަށައިފި

ޖަޕާނުގެ ކިޔޯޓޯވެ ވިންޑްވިލާ ގެސްޓްހައުސް އިން ވަނީ އެހޮޓަލަށް ޗެކިން ކުރާ ފަތުރުވެރިޔާއަކީ ހަނގުރާމައިގެ މުޖުރިމެއް ނޫންކަން ޔަގީން ކުރުމަށް ފޯމެއް ފުރުމަށް ކަނޑައަޅާފައެވެ. މި ފޯމަކީ، އެ ގެސްޓްހައުސްއަށް ޗެކިން ކުރާ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އިތިއޮޕިއާ، މާލީ، މިޔަންމާ، އިޒްރޭލު ރަޝިޔާ، ސީރިއާ، އަދި ސޫދާނުގެ ފަތުރުވެރިން ފުރަމން ޖެހޭ ފޯމެކެވެ. މިއީހަނގުރާމައިގެ ސަރަހައްދުތަކެވެ.

ވިންޑްވިލާއަށް އިޒްރޭލު މީހަކު ޗެކިން ކުރިއެވެ. އެމީހާއަކީ ފަލަސްޠީނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައި ވަރުބަލިވެގެން ޗުއްޓީއަށް އައި އިޒްރޭލުގެ ޔަހޫދީ މީހެކެވެ.

 

އަދި އޭނާއަށް ފޯމު ފުރަން ޖެއްސުމުން އެކަން އިޒްރޭލު އެމްބަސީގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އިޒްރޭލު އެމްބަސީން ވަނީ ކިޔޯޓޯގެ މޭޔަރުގެ އޮފީހުގައި އެމައްސަލަ ޖައްސާފައެވެ. މޭޔަރުގެ އޮފީހުން ބެލިބެލުމުގައ ގޯހެއް ނުފެނުނެވެ.

އެއަށްފަހު އިޒްރޭލު އެމްބަސީން ބުކިންގްސް ޑޮޓް ކޮމްއަށް ލިޔުމުން އެމީހުން ގެސްޓްހައުސްގެ އެކައުންޓު ބްލޮކް ކޮށްފިއެވެ. އެކަމަކު ޔަހޫދީ މީހާ އޭނާގެ ކޮޓަރި ބުކް ކުރީ އެކްސްޕީޑިއާއިންނެވެ.

 

ހިއްސާ ކުރައްވާ!