ފްރާންސް މީހުން މުސްލިމުންނަށް އެލާޖިކްވާ މައްސަލަ ބަލަން ފަށައިފި

ފްރާންސްގެ އޯލިއަން ސިޓީގެ މަގުތަކުގައި މުސްލިމުންނަށް ފުރައްސާރަ ކުރާ ޕޯސްޓަރުތައް ފެނިގެން ސަރުކާރުން އެމައްލަ ބަލަން ފަށައިފިއެވެ. މުސްލިމުން ވަނުން މަނާ ކަމަށް ބުނާ ޕޯސްޓަރުތަކަކީ ނަސްލީ ތަފާތު ކުރުމުގެ އަމަލެއް ކަމަށް ފްރާންސް ސަރުކާރުން ބުނެއެވެ.

މި ޕޯސްޓަރުތަކުގައި މުސްލިމުންނާ ދެކޮޅަށް ސީދާ ގޮތެއްގައި ނަފްރަތު އުފެއްދުމުގެ މެސެޖުތައް ހިމެނިފައިވެއެވެ. މިއީ ފްރާންސްގައި އިސްލާމް ދީނާ ދެކޮޅު ވިސްނުން ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ދައްކުވައިދޭ މަންޒަރެކެވެ.

މަގުބައްތިތަކުގައާއި އޯލިއަން ޔުނިވަރސިޓީގެ ވަށައިގެން ހަރުކޮށްފައިވާ މި ޕޯސްޓަރުތަކުގައި ބުނެފައި ވަނީ "ތިބާ ވަދެފައި ތިޔަ ހުރީ މުސްލިމުންނަށް މަނާ ސަރަޙައްދަކަށެވެ." އެފަދަ ސިހުން ގެންނަ ޢިބާރާތްތައް ޕޯސްޓަރުގައި ބޭނުން ކޮށްފައި ވެއެވެ.

މީގެ އިތުރުން ހިޖާބު އެޅުމާއި، އާންމު ތަންތަނުގައި ނަމާދުކުރުމާއި، ތުނބުޅި ބެހެއްޓުމާއި، ޙަލާލު ޒަބީހާ ކަތިލުމާއި، އަދި އިސްލާމީ ގޮތްގޮތަށް އުޅުންވެސް މަނާކަމަށް އެ ނިޝާންތަކުން އަންގައި ދެއެވެ.

ޕޯސްޓަރުގެ އެންމެ ތިރީގައި ސާފުކޮށް ލިޔެފައިވަނީ "މުސްލިމުން ނެތް މުޖުތަމަޢުއަކީ މާ ރަނގަޅު މުޖުތަމަޢެކެވެ." މިހެންނެވެ. އަދި އޭގެ އިތުރުން ހަރުކަށި ކަނާތުފިޔައިގެ ޖަމާޢަތްތަކާ ގުޅުން އޮންނަކަމަށް މަޝްހޫރު ފިހާރައެއްގެ ވެބްސައިޓުގެ އެޑްރެހެއް ވެސް އޭގައި ހިމަނާފައިވެއެވެ. މި ފިހާރައިން ވިއްކަނީ ނާޒީންނާއި އަދި ބޭރުމީހުންނާ ދެކޮޅު ޝިއާރުތައް ހިމެނޭ އުފެއްދުންތަކެވެ.

ފްރާންސް ފުލުހުން ވނީ މި ޕޯސްޓަރު އުފެއްދި ބަޔަކު ހޯދުމަށް މައުލޫމާތުގެ ރަސްމަގުގައި އަތްފުނާ އެޅުމަށްވެސް ސައިބާކްރައިމް އޮފީހަށް އަންގާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ފަރަންސޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަސްލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިސްލާމް ދީނާ ދެކޮޅު ވިސްނުން ދިރާސާ ކުރާ މަރުކަޒުގެ ރިޕޯޓުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު ފެށުނީއްސުރެ މުސްލިމުންނާ ދެކޮޅަށް 70 އަށްވުރެ ގިނަ ނަސްލީ އިސްލާމޯފޯބިއާގެ ހާދިސާ ހިނގާފައިވެއެވެ.

މި ފަހުގެ ހާދިސާއަކީ ނަސްލީ ތަފާތުކުރުން އިތުރުވަމުންދާކަން ދައްކުވައިދޭ އެންމެ ފާހަގަކޮށްލެވޭ އެއް ހެއްކެވެ.

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަރަންސޭސިވިލާތުގައި ހިނގި ނުރައްކާތެރި ޖަރީމާއެއްގައި މިސްކިތެއްގެ ތެރޭގައި މުސްލިމު ނަމާދަށް ހުއްޓައި ވަޅިން ހަމަލާދީ މަރާލާފައިވެއެވެ. މި ހާދިސާއާ ގުޅިގެން ބަޔާނެއް ނެރުއްވި ބޮޑު ވަޒީރު ފްރަންސުވާ ބައިރޯ ވިދާޅުވެފައިވަނީ މިއީ ޤައުމީ އެއްބައިވަންތަކަމާ ދެކޮޅު އަމަލެއް ކަމަށެވެ.

ހިއްސާ ކުރައްވާ!