ސޫރިޔާ އެއާލައިންގައި ދަތުރު ދުޢާ އިއްވަން ފަށައިފި

ސޫރިޔާގެ ޤައުމީ އެއާލައިން، ސީރިއަން އެއާގައި 63 އަހަރު ވަންދެން ދަތުރު ދުޢާ އިއްވުން މަނާކޮށްފައި އޮތުމަށްފަހު މިހާރު ދަތުރު ދުޢާ އިއްވަން ފަށައިފިއެވެ. ސޫރިޔާގެ ބައަޠް ޕާޓީން ވެރިކަން ކުރެއްވި ބައްޕަ އާއި ދަރިފުޅު އަސަދުގެ ވެރިކަމްގައި ދަތުރު ދުޢާ އިއްވުން އޮތީ މަނާކޮށްފައެވެ.

މިހާރު ސީރިޔާއާ ދެކޮޅަށް ވިލާތު އިއްތިހާދުން އަޅާފައިވާ ދަތިކުރުމުގެ ފޮޔަވަޅުވެސް ވަނީ އުވާލާފައެވެ.

އަދި އީޔޫއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުން އެސެޓް ފްރީޒް ކޮށްފއިވާ ފަސް ކުންފުންޏެއް ކަމަށްވާ އިންޑަސްޓްރިއަލް ބޭންކާއި ޕޮޕިއުލާ ކްރެޑިޓް ބޭންކާއި ސޭވިން ބޭންކާއި އެގްރިކަލްޗަރަލް ކޯޕަރޭޓިވް ބޭންކާއި ސީރިއަން އަރަބް އެއާލައިންސް އުނިކޮށް ސެންޓްރަލް ބޭންކް އޮފް ސީރިއާ (ސީބީއެސް) އަށް ފައިސާ އާއި އިގްތިސާދީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ ދީފަ އެވެ.

އީޔޫއިން ވަނީ މެމްބަރު ގައުމުތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ސީރިއާގެ ބޭންކުތަކާއި މާލީ އިދާރާތަކާ ދެމެދު ބޭންކިން ގުޅުން ގާއިމްކުރުން މަނާކުރުންވެސް އުވާލަން ނިންމާފައެވެ.

މިއީ ހަކަތައާއި ދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި މުއާމަލާތްތަކުގެ އިތުރުން އިންސާނީ ބޭނުމާއި ގައުމު އަލުން ބިނާކުރުމަށް ބޭނުންވާ މުއާމަލާތްތައް ކުރުމުގެ ހުއްދަ ދިނުމަށް އަޅާފައިވާ ފިޔަވަޅކެވެ.

ހިއްސާ ކުރައްވާ!