ޖައުލާނީއާ ދެކޮޅަށް ހަތިޔާރު އަޅައިގެން ނިކުތުމަށް ހަރުކަށި ދާޢިޝް ގޮވާލައިފި

ސޫރިޔާގެ ވަގުތީ ރައީސް އަހުމަދު އައްޝަރުއު ޖައުލާނީ، އިސްލާމީ ޝަރީއަތް ދޫކޮށްލައްވައި، އެމެރިކާ ރައީސް ރުއްސަވަން މަސައްކަތް ކުރައްވަނީކަމަށް، ބުނެ ހައްދުފަނަހަނައަޅާފައިޥާ ޓެރަރިސްޓް ދާޢިޝް ޖަމާއަތުން އޭނާއާ ދެކޮޅަށް ނިކުންނަން ނިންމައިފިއެވެ.

"ދާއިޝް" ޖަމާޢަތުން ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އައްޝަރުޢުއަށް ހަރުކަށި ޙަމަލާއެއް ބަހުގެ ހަމަލައެއް ދިނީ، "އަންނަބާ" ނަމަކަށް ކިޔާ އެ ޖަމާޢަތުގެ ހަފްތާ ނޫހުގެ އައު އަދަދެއްގެ އެޑިޓޯރިއަލްގައެވެ. މި އެޑިޓޯރިއަލްގެ ސުރުޚީއަކީ "ޓްރަމްޕްގެ އޮޅިގަނޑުގައި އިއްތާލައިގެން" އެވެ.

މި މަޒުމޫނުގައި ދާއިޝް ޖަމާޢަތުން ބޭރުގެ ހަނގުރާމަވެރިންނަށް ގޮވާލާފައިވަނީ ދާއިޝްއާ ގުޅުމަށެވެ. އަދި އެ ޖަމާޢަތުން ބުނެފައިވަނީ "ތިބާމެންނަކީ، ބައިނަލްއަޤްވާމީ ރުހުން ހޯދުމަށް ޖައުލާނީ އަންދާލާ ކަރުދާހަކަށް ނުވާށެވެ."

މި މަޒުމޫނުގައި އިތުރަށް ބަޔާންކޮށްފައިވަނީ "ޖައުލާނީ ވެރިކަމަށް އައުމުގެ އަހަރުތަކެއް ކުރިން ގެއްލުންހުރި އޭނާ އެމެރިކާ މީހުންގެ ގޮނޑިކޮއްކޮއަކަށް ވެފައިވާ ކަމަށެވެ. އެހެންވެ، އޭނާއަށް ރައީސްކަން ލިބުނީ ކަމަށެވެ. އޭ ސަބަބުން އޭނާގެ ދީނާއި ޝަރަފު ނަގައިލީ ކަމަށެވެ." މިއީ ކުރީގެ ސޫރިޔާގެ ބައެއް ޖަމާޢަތްތަކާއި އިދިކޮޅު ފަރާތްތަކާއެކު ހެދި އެއްބަސްވުންތަކަށް އިޝާރާތްކޮށްފައިވާ ބަހެކެވެ.

އެ ޖަމާޢަތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖައުލާނީއާ ބައްދަލުކުރި ބައްދަލުވުމަށް ފާޑުކިޔާފައިވެއެވެ. އެ ޖަމާޢަތުން ބުނެފައިވަނީ "އައްޝަރުޢުއާ ދެމެދު އޮތް ޚިލާފަކީ ހަމައެކަނި ސިޔާސީ ޚިލާފުތަކެއްގެ މައްޗަށް އޮތް ޚިލާފެއް ނޫން ކަމަށެވެ. އެއީ ތައުޙީދާއި ޝިރުކާ ދެމެދު، އަދި އިސްލާމްދީނާއި ޑިމޮކްރަސީއާ ދެމެދު، އަދި މުޙައްމަދުގެފާނު ލީޑަރަކަށް ބަލައިގަންނަ މީހުންނާއި ޓްރަމްޕް ލީޑަރަކަށް ބަލައިގަންނަ މީހުންނާ ދެމެދު އޮތް ޞުލްޙަވެރިކަމެއް ނެތް ހަނގުރާމައެކެވެ."

"އަންނަބާ" ނޫހުގެ އެޑިޓޯރިއަލްގައި ޓްރަމްޕާ ބައްދަލުކުރުމަށް ދެވުނު މުހިންމުކަމަށް ވެސް ފާޑުކިޔާފައިވެއެވެ.

ސޫރިޔާގައި އަހުލީ ހަނގުރާމައެއްގެ ހުޅު ރޯވެދާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައި ވެއެވެ. އަދި ސޫރިޔާގެ ބައެއް ހިސާބުތަކުގައި ނަސާރާއިން އިސްލާމްދީނަށް ވަނުމަށް ދައުވަތު ދީގެން އުޅޭ ކަމަށްވެސް އިއްޔެ ރިޕޯޓުކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!