ވީއައިއޭގެ އައު ޓާމިނަލް ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް މިއަހަރުގެ ޖުލައި 26 ގައި ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ. މި ޚަބަރު ހާމަކުރީ މިއަދު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވުނު އޭވިއޭޝަން ފޯރަމްގެ ދެވަނަ އެޑިޝަންގައެވެ.

މި ފޯރަމްގައި އޭވިއޭޝަން ދާއިރާގެ ގިނަ ސްޓޭކްހޯލްޑަރުންނާއި، އެއާޕޯޓު އަދި އެއާލައިން އޮޕަރޭޓަރުން، އިންޑަސްޓްރީގެ އޮގަނައިޒަރުން ބައިވެރިވިއެވެ. މިއީ އެއް ދުވަހުގެ ފޯރަމެކެވެ.

އައު ޓާމިނަލް ހުޅުވުމާއެކު އަހަރަކު 7 މިލިއަން ދަތުރުވެރންނަށް ޚިދުމަތް ދެވޭނެއެވެ. މިހާރު ބޭނުންކުރަމުންދާ ޓާމިނަލުން ޚިދުމަތް ދެވނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށެވެ.

މީގެ އިތުރުން، އައު ޓާމިނަލްގައި 72،000 އަކަފޫޓުގެ ސަރަހައްދެއް ހިމެނޭ ކަމަށާއި، 47 ޗެކިން ކައުންޓަރާއި 6 ސެލްފްސާވިސް ކިއޮސްކް ޤާއިމުކުރެވިފައިވާ ކަމަށް އެމްއޭސިއެލުން ބުނެއެވެ.

އައު ޓާމިނަލްގައި އެޑްވާންސް ބެގެޖް ހޭންޑްލިން ސިސްޓަމަކާއި ޒަމާނީ ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށްވެސް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. މި ނިޒާމުތަކުގެ ސަބަބުން ފަސިންޖަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެ، އެއާޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެއެވެ.ADV

ހިއްސާ ކުރައްވާ!