ސަޢޫދީ އަރަބިއްޔާގެ ކިންގްސް ކަޕް (ޚާދިމުލް ހަރަމައިން ޝަރީފައިން ކަޕް) ގެ 2024-2025 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އިއްތިހާދާއި ގާދިސިއްޔާ ވާދަކުރާ މެޗު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މެޗު ކުޅެވޭނީ މާދަމާ ހުކުރު ދުވަހު، 30 މެއި ގައި އަލް އިންމާ (ކުރީގެ އަލް ޖައުހަރާ އަލްމުޝިއްޔާ) ސްޓޭޑިއަމްގައެވެ. މެޗު ފެށޭނީ މައްކާ ގަޑިން ރޭގަނޑު 9:00 ގައެވެ. މި މެޗު ދައްކާނީ އެސްއެސްސީ ސްޕޯޓްސް، އަލްކައުސް، އަބޫދާބީ، ކުވެއިތު އަދި ދުބައި ސްޕޯޓްސް ޗެނަލްތަކުންނެވެ.
މިއީ އިއްތިހާދާއި ގާދިސިއްޔާ ކިންގްސް ކަޕްގެ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މި ދެ ޓީމު މީގެ ކުރިން މި މުބާރާތުގެ އެހެން ބުރުތަކުގައި ވަނީ ވާދަކޮށްފައެވެ. އިއްތިހާދު ފައިނަލަށް ގޮސްފައިވަނީ ސެމީ ފައިނަލްގައި އައްޝަބާބު 3-2 އިން ބަލިކޮށްގެންނެވެ. އަދި ގާދިސިއްޔާ ފައިނަލަށް ދަތުރުކޮށްފައިވަނީ އައްރާއިދު 1-0 ން ބަލިކޮށްގެންނެވެ.
މިއީ ގާދިސިއްޔާ ކިންގްސް ކަޕްގެ ފައިނަލަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މި ޓީމުން ވަނީ ސަޢޫދީ އެފްއޭ ކަޕާއި ކްރައުން ޕްރިންސް ކަޕް ކާމިޔާބު ކޮށްފައެވެ. މި ދެ ޓީމު މީގެ ކުރިން ކިންގްސް ކަޕްގައި 4 ފަހަރު ބައްދަލު ކޮށްފައިވެއެވެ. އޭގެ ތެރެއިން 3 މެޗެއްގައި އިއްތިހާދު ވަނީ މޮޅުވެފައެވެ. އަދި ގާދިސިއްޔާ ވަނީ 47 އަހަރު ކުރިން ކުޅުނު މެޗެއްގައި މޮޅުވެފައެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2015 ވަނަ އަހަރުގެ ކުއާޓަރ ފައިނަލްގައެވެ. އެ މެޗުގައި އިއްތިހާދު ވަނީ 2-1 އިން މޮޅުވެފައެވެ.





