ސައުތެމްޕްޓަން އެފްސީ ގަތުމަށް ސަޢޫދީން ޝައުގުވެރިވެއްޖެ

ސަޢޫދީ އަރަބިއްޔާގެ ވެރިންނާ ގާތް ގުޅުމެއް އޮންނަ ބިލިއަނަރެއް، އިނގިރޭސި ފުޓްބޯޅައިގައި އިންވެސްޓްކުރުމުގެ ގޮތުން ސައުތެމްޕްޓަން ފުޓްބޯލް ކްލަބް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ސަޢޫދީ އަރަބިއްޔާގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ޗެއަރމަން ތުރުކީ އާލުއްޝެއިޚް ވަނީ ސައުތެމްޕްޓަން އެފްސީ ނުވަތަ ލަންޑަންގެ މިލްވޯލް އެފްސީ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިކަން ހާމަކޮށްފައިވަނީ ޓޯކްސްޕޯޓްގެ ޕްރެޒެންޓަރ ސައިމަން ޖޯޑަންއެވެ.ADV

ޖޯޑަން ބުނި ގޮތުގައި އާލުއްޝެއިޚަށް ސައުތެމްޕްޓަން "ކަމުދާ" ކަމަށާއި، ނަމަވެސް މިލްވޯލް ގަތުމުގެ ބަދަލުގައި ސައުތެމްޕްޓަންއަށް އަމާޒު ހިފުމަށް އޭނާ ލަފާދިން ކަމަށް ބުނެފައިވެއެވެ. "ސައުތެމްޕްޓަންއަކީ އެންމެ ރަނގަޅު ޗޮއިސް – އެ ކްލަބުގައި ޚާއްސަ ސްޓޭޑިއަމެއް އަދި ހުރިހާ ވަސީލަތްތަކެއް ވެސް ހުރި،" ޖޯޑަން ބުންޏެވެ.

2.8 ބިލިއަން ޑޮލަރުގެ މުއްސަނދިކަން ލިބިފައިވާ އާލުއްޝެއިޚްއަކީ މި މަހާ ހަމައަށް ސްޕެއިންގެ ސެކަންޑް ޑިވިޜަން ކްލަބް އަލްމެރިއާގެ ވެރިފަރާތެވެ. އަދި 2018 އިން 2019 އަށް އިޖިޕްޝަން ކްލަބް ޕިރަމިޑްސްގެ ވެރިފަރާތްވެސް މެއެވެ.

ސައުތެމްޕްޓަން އެފްސީ އަކީ މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގުން ރެލިގޭޓްވި ކްލަބެކެވެ. އެ ސީޒަންގައި ޖުމްލަ 12 ޕޮއިންޓް ހޯދައި، ޕްރިމިއަރ ލީގު ތާރީޚުގައި އެންމެ ދެރަކޮށް ކުޅުނު ދެވަނަ ޓީމުގެ ރެކޯޑު ހާސިލުކުރިއެވެ. ރެލިގޭޝަނަށް ފަހު، ކްލަބުން ވަނީ ވިލް ސްޓިލް އާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހިއްސާ ކުރައްވާ!