ސުއަރޭޒް އަދި މެސީގެ ދެ ގޯލާއެކު އިންޓަރ މަޔާމީ ކާމިޔާބުކޮށްފި

އިންޓަރ މަޔާމީގެ ލުއީ ސުއަރޭޒް އަދި ލިއޮނެލް މެސީން ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އެސިސްޓެއް ހޯދައިދިނުމާއެކު، ފްލޮރިޑާގެ ފޯޓް ލޯޑަޑޭލްގައި ކުޅުނު މެޗުން ސީއެފް މޮންޓްރިއަލްއާ ދެކޮޅަށް 4-2 އިން މަޔާމީ ވަނީ ކާމިޔާބު ކޮށްފައެވެ.

މި ކާމިޔާބީއާއެކު އިންޓަރ މަޔާމީ ވަނީ (7-3-5، 26 ޕޮއިންޓް) އާއެކު ވޭތުވެދިޔަ 9 މެޗުން ދެވަނަ ކާމިޔާބީ ހޯދާފައެވެ. އަދި މެޖަރ ލީގް ސޮކަރ އީސްޓަން ކޮންފަރެންސްގެ 6 ވަނަ ހިސާބަށް އަރައި، ލީގުގައި ވިދިވިދިގެން 4 މެޗުގައި ކާމިޔާބީ ނުލިބި ދިޔަ ނުތަނަވަސްކަން ވެސް ނިމުމަކަށް ގެނެސްފައިވެއެވެ.ADV

މެއި 3 ގައި ހޯދި މަޔާމީގެ އެންމެ ފަހު ކާމިޔާބީގެ ފަހުން ގޯލެއް ނުޖަހާ އޮތް ސުއާރެޒް، މި މެޗުގައި 68 އަދި 71 ވަނަ މިނެޓުގައި ވިދިވިދިގެން ޖެހި ދެ ގޯލާއެކު، މި ސީޒަންގައި މެޖަރ ލީގް ސޮކަރގައި ޖެހި ގޯލުގެ އަދަދު ދެގުނަ ކުރީއެވެ. ސުއާރެޒްގެ ފުރަތަމަ ގޯލު އައީ މެސީގެ ފަންނީ ކުޅުމަކުން ލިބުނު ފުރުސަތަކުންނެވެ.

މޮންޓްރިއަލްގެ ޑާންޓޭ ސީލީ 74 ވަނަ މިނެޓުގައި ގޯލެއް ޖަހައި މަޔާމީގެ ކްލީން ޝީޓް ގެއްލުވާލި ނަމަވެސް، 87 ވަނަ މިނެޓުގައި ސުއާރެޒްގެ އެހީއާއެކު މެސީ ޖެހި ގޯލުން މޮންޓްރިއަލްގެ އުއްމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ.

ނަމަވެސް މި ކާމިޔާބީ ހޯދުމުގައި މަޔާމީއަށް ބޮޑު އަގެއް ދައްކަން ޖެހުނެވެ. ޔަންނިކް ބްރައިޓް ނެތް ޓީމުން، ޖޯދީ އަލްބާ، ގޮންޒާލޯ ލުޖާން އަދި ތޮމާސް އަވިލޭސް އަށް ވެސް ފުރަތަމަ ހާފުގައި އިންޖަރީގެ ސަބަބުން ބަދަލުވާން ޖެހުނެވެ.

ހިއްސާ ކުރައްވާ!