ފެނުގެ އޮކްސިޖަންގެ މިންވަރު ދަށްވުމުގެ ސަބަބުން ހޫނު މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޯރުތަކުގެ މަސްތަކުގެ ދިރުމަށް ބަދަލު އާދެއެވެ.
އިރާޤްގެ ނަޖަފުގެ ތިމާވެށްޓާ ބެހޭ އިދާރާއިން ބުނަނީ ގިނަ އަދަދަށް މަސްތައް ނަޖަފުގައި މަރުވެފައި ވަނީ އޮކްސިޖަން ލެވެލް ދަށް ވެގެންނެވެ. މަރުވެފައިވާ ވައްތަރުގެ މަހަކީ، އިރާގު މީހުން އާންމުކޮށް ކާން ބޭނުން ކުރާ "އަބޫ ޚްރެއިޒާ" ކާޕްގެ ވައްތަރެކެވެ.
ގިނަ އަދަދަކަށް މަސްތައް މަރުވުމުން ވިހައެއްގެ އަސަރު ކުރީކަމަށްވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް ތަހުލީލުތަކުން ދައްކަނީ ފެން ދައުރުވުން މަދުވުމާއި، ހޫނު ގަދަވުމުގެ ސަބަބުން މި މައްސަލަ ދިމާވީ ކަމަށެވެ.
މި މަސްތައް މަރުވުމުން ރައްޔިތުންގެ އާމްދަނީގެ އަސާސީ މަސްދަރު ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.






