އީރާންގެ ޑްރޯން ހަމަލަ އިޒްރޭލަށް

އިޒްރޭލުގެ މަތިންދާބޯޓުތައް ބެންގުރިއަން އެއާޕޯޓުން އެހެން ތަންތަނަށް ގެންގޮސް ރައްކާކުރަން ފަށައިފި


މި ވަގުތު އީރާން އިރާގް ސޫރިޔާ އަދި ޖޯޑަންއާއި އިޒްރޭލު މަތީގައި މަތިންދާބޯޓު ދަތުފަތުރުގެ އެއްވެސް ހަރަކާތެއް ނެތް. މާނައަކީ މި ގައުމުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައި.


އިޒްރޭލުގެ އުދުވާނާ ގުޅިގެން މެދުއިރުމަތީގެ ދަތުރުފަތުރަށް ބުރޫ އެރުމާ ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ ތެރޭން އަދި ޑިލޭ ވެފައިވަނީ ޓާކިޝް އެއާލައިން އެކަނި.


އިޒްރޭލުގެ ހަމަލައާ ގުޅިގެން އަބޫދާބީ އެއާޕޯޓުގެ ދަތުރުތަކަށް ބުރޫ އަރާނެ ކަމަށް ބުނެފި


އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓު ކުރާ ގޮތުގައި އިޒްރޭލަށް އީރާނުން ފޮނުވާލި ޑްރޯންތައް ސައޫދީ އަރަބިއްޔާ މަތިން ނާއި ސޫރިޔާ މަތިން ދަނީ ވައްޓާލަމުންނެވެ. ޖޯޑަން އިން ބުނެފައި ވަނީ އެގައުމުންވެސް އަމިއްލައަށް އީރާންގެ ޑްރޯންތައް ވައްޓަަމުންދާ ކަމަށެވެ.


އިޒްރޭލުގެ އުދުވާން ކުށްވެރި ކުރި ގައުމުތަކަކީ: ޖޯޑަން| ސައޫދީ އަރަބިއްޔާ | ޔުއޭއީ | އޮމާން | ޤަތަރެވެ.


ޖޯޑަން އިން ރައްޔިތުން ގޭގައި ތިބުމަށް އަންގައިފި | ޖޯޑަން މަތިން ޑްރޯންތައް ދަތުކުރުަމުން ދިއުމާ ގުޅިގެން އިންޒާރު ދީފި


އީރާނުން 100 ޑްރޯން ފޮނުވާލުމާ ގުޅިގެން އިޒްރޭލުން މުޅިގައުމު ފުރަބަންދަކަށ ްލައިފިއެވެ.


އީރާންގެ ޑްރޯން ހަމަލަ ޔަހޫދީންނަށް އަމާޒު ކުރުމުން މައިކް ހަކަބީ އެމެރިކާ އެމްބެސެޑަރު ވަނި އޭނާގެ ސްޓާފުންނަށް ރައްކާތެރި ތަންތާނގައި ފިލައި ތިބުމަށް އަންގާފައެވެ.


އީރާނަށް ހަމަލަ ދިނުމުގެ ހުރިހައި ކަމެއް އެމެރިކާއިން އިޒްރޭލަަށް ރާވައިދިނެވެ.

  • އިންޓަރނޭޥަނަލް ނިއުކްލިއަރ އެޖެންސީން އީރާން ކުށްވެރިކޮށް ބަޔާން ނެރުމުގެ 24 ގަޑި އިރު ކުރިން އެމެރިކާިއން ވަނީ އެމެރިކާއަށް ނުރައްކާ އޮތް ކަމަށް ބުނެ އިރާގާއި އއީރާނާއި ކައިރި ތަންތަނުން އެމެރިކާގެ ޑިޕްލޮމެޓިކް ސްޓާފުން މަދުކޮށްފައެވެ/
  • އޭގެ ފަހުން ނަތަންޔާހޫއަށް ފޯނުން ގުޅައި އީރާނަށް ހަމަލަ ނުދޭން ޓްރަމްޕް އެދުނު ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
  • އެއަށްފަހު އިޒްރޭލުން ބުނެފައި ވަނީ އީރާނަށް ހަމަލަ ދޭން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.
  • އެއަށްފަހު އެޓޮމިކް އެނެޖީ އެޖެންސީން ވަނީ އީރާނުން އެ އެޖެންސީގެ އެންގުމަށް ބޯލަނބާ ނުލާ ކަމަށް ބުނެފައެވެ.
  • އޭގެ 12 ގަޑިއ ިރު ފަހުން އިޒްރޭލުން އީރާނަށް ހަމަލަ ދިނީއެވެ.

ޔަހޫދީން އީރާނަށް ދިން ހަމަލާގައި ކުޑަކުދިންނާއި އަންހެނުން ގެ ފަންސާސް އާންމުންނަށް އަނިޔާވެފައިވާ ކަމަށް ސަރުކާރު ޓީވީން ބުނެއެވެ.

އެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި "އިސްރާއީލުގެ ހަމަލާއަށް ފަހު ގާތްގަނޑަކަށް 50 މީހުން ތެހެރާނުގެ ޝަމްރާން ހޮސްޕިޓަލަށް ގެނައެވެ. އޭގެ ތެރޭގައި  35 އަންހެނުންނާއި ކުޑަކުދިން ހިމެނޭ" ކަމަށެވެ.


ބްރިގޭޑިއާ ޖެނެރަލް ދަފްރީން ވިދާޅުވާ ގޮތުގައި ތެހެރާނުން ޔަހުދީންނަށް 100 ޑްރޯން އިން ހަމަލައެއް ދީފިއެވެ މި ހަމަލާތައް ދިނީ ހެނދުނުގެ ވަގުތެއްގައި އިސްރާއީލުން ގާތްގަނޑަކަށް 200 ބޯޓުން އީރާނަށް ދިން ބޮޑު ހަމަލާއާ ގުޅިގެންނެވެ.

އީރާނުގެ ހަމަލާތަކާ ދެކޮޅަށް އިންޓަސެޕްޝަންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.


ތެހެރާން ޔުނިވާސިޓީގެ ރިސާޗް ފެލޯ މުހައްމަދު އިސްލާމީ ވިދާޅުވީ އަސްކަރީ އަދި ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށްގެން އިސްރާއީލަށް އަވަސް ހަމަލާއެއް ދިނުމަށް އީރާނުގެ ލީޑަރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އީރާނުގެ ސިފައިން މި ހާލަތާ މެދު ވިސްނަމުން ދާތާ އެތައް އަހަރެއް ވެއްޖެ.  އަދި ހަމައެހެންމެ ފާއިތުވި ދުވަސްތަކުގައި އީރާނުގެ ޑިފެންސް މިނިސްޓްރީން އިސްރާއީލުގެ ކޮންމެ ހަމަލާއަކަށް ތައްޔާރަށް ތިބި ކަމަށް ބުނި"  މުހައްމަދު އިސްލާމީ

——————-

އިޒްރޭލުން އުދުވާނީ ހަމަލަ ދިނީ ބޮޑު ޝައިޠާން އެމެރިކާއާއެކު ވިލަރެސްކޮށްގެން: އީރާން

އީރާނުގެ ޖެނެރަލް ސްޓާފްގެ ތަރުޖަމާނު ކަށަވަރުކޮށްދެއްވި ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު އީރާނާ ދެކޮޅަށް އިޒްރޭލުން ހދިން އުދުވާނަކީ "އެމެރިކާއާ ކޯޑިނޭޝަންކޮށްގެން" ދިން ހަމަލައެއް.

އީރާނުގެ ފާރސް ނިއުސް އެޖެންސީން ބުނީ ގޮތުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ޔަހޫދީން ހަމަލަދިން ކަމަށް.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ ބުނީ "ވޭންދެނިވި ރައްދު ޖަވާބެއް" ރާވާކަން ކަށަވަރުކޮށްދޭ ކަމަށް.


"އިސްރާއީލުގެ އުދުވާނުން އަމާޒު އަމާޒުކޮށްފައިވަނީ އިސްފާހާން، ކަރުމާންޝާ، ލޫރެސްތާން، ހަމާދާން، އަދި ވެރިރަށް ތެހެރާން ފަދަ ޕްރޮވިންސްތަކަށެވެ."

__________________

ތެހެރާން ކައިރީގައި ހުރި ބައެއް މިސައިލް ބޭސްތަކާއި ކަރްމަޝާހު ސިޓީގައި ހުރި ބައެއް މިސައިލް ބޭސްތަކަށް އިސްރާއީލުން ހަމަލަ ދިން ކަމަށާއި "ނަތަންޒް ނިއުކްލިއާ ޕްލާންޓަށް ވެސް އަމާޒުކޮށްފައިވާ" ކަމަށެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ތެހެރާނުގައި ހުންނަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑް ބިލްޑިންގ އަށް ކަމަށް އީރާނުގެ ޓީވީން ބުނެއެވެ.


އިސްރާއީލުގެ އަނިޔާވެރިކަމާ ގުޅިގެން މުޅި ގައުމުގައި ހުރި އިމަޖެންސީ ސެންޓަރުތައް އެލާޓަށް ލާފައިވާ ކަމަށް އީރާނުގެ ހެލްތު މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް ސެންޓަރުން އިއުލާންކޮށްފި އެވެ.

އިސްރާއީލުގެ ނޫސް ޔެޑިއޮތު އަހްރޮނޮތު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ނަތަންޔާހޫ އާއި އިސްރާއީލުގެ އޮފިޝަލުން ބިންގަރާސްތަކަށް ބަދަލުކުރީ ހަމަލަ އަމާޒުކޮށްފާނެތީ ބިރުން" ކަމަށެވެ.


އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔިސްރާއީލް ކަޓްޒް ވަނީ މުޅި އިޒްރޭލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

"އިރާނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލައިން ވަރަށް އަވަހަށް އިސްރާއީލަށް މިސައިލާއި ޑްރޯން ހަމަލާއެއް ދޭނެ ކަމަށް ބެލެވޭ" ކާޓްޒް


ހަމަ އެ ގޮތުން އިސްރާއީލުން ޔަހޫދީންނަށް އަންގާފައި ވަނީ ބިންގަރާސްތައް ކައިރީގައި މަޑުކޮށްގެން ތބުމަށް


އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ބުނި ގޮތުގައި، ޔަހޫދީ ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާފަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޯށްފަ.


އިސްރާއީލުގެ ނޫސް ޔެޑިއޮތު އަހްރޮނޮތު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "އިސްރާއީލުގެ ވައިގެ ސަރަހައްދު މުޅިން ބަންދުކޮށްފި" އެވެ.


އިސްލާމީ އިންގިލާބާއި އިސްލާމީ ޖުމްހޫރިއްޔާގެ ލީޑަރު ސައްޔިދު އަލީ ޚާމަނާއީ މިއަދު ހުކުރު ދުވަހުގެ ހެނދުނު ފާހަގަކުރެއްވި ގޮތުގައި "އިސްރާއީލުން ހަރުކަށި އަދަބަކަށް އިންތިޒާރު ކުރަން ޖެހޭނެ" އެވެ.

އީރާނުގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައި ޚާމަނާއީ ވިދާޅުވީ "ޒަޔަނިސްޓް ވެރިކަމުން މިއަދު ހެނދުނު އީރާނުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން މުޑުދާރު ލޭއޮހޮރުވާލާ ޖަރީމާއެއް ހިންގި" ކަމަށާއި "މި އަނިޔާވެރިކަމުން މި ވެރިކަމުގެ ޖިނާއީ ސިފަ ކުރިއަށްވުރެ ބޮޑަށް ހާމަވެގެންދާ" ކަމަށެވެ.

އީރާނުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ޚާމަނާއީ ވިދާޅުވީ "އިސްރާއީލުގެ ދުޝްމަނުން އަމިއްލައަށް ތައްޔާރުކޮށްފައިވަނީ ހިތި އަދި ވޭންދެނިވި ނަސީބެއް ކަމަށާއި ކޮންމެހެން ވެސް އެކަމާ ކުރިމަތިލާނެ" ކަމަށެވެ.

މި އަނިޔާވެރިކަމުގައި އީރާނުގެ ގިނަ އަދަދެއްގެ ލީޑަރުންނާއި އިލްމުވެރިން ޝަހީދުވިކަން އިސްލާމީ އިންގިލާބުގެ ލީޑަރު ފާހަގަކުރައްވައި، "އެމީހުންގެ ފަހަތުން އަންނަ މީހުންނާއި އެކުވެރިން ވަގުތުން ވާޖިބު އަދާކުރާނެ" ކަމަށް ވިދާޅުވެ އެވެ.


އީރާނުގެ ޖެނެރަލް ސްޓާފްގެ ތަރުޖަމާނު ވަނީ ހުކުރު ދުވަހުގެ ހެނދުނު އީރާނަށް އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ "އެމެރިކާއާ ކޯޑިނޭޓްކޮށްގެން ހިންގި" އުދުވާނެއްކަން ކަށަވަރުކޮށްދީ، އިސްތިއުމާރާއި ވޮޝިންޓަނުން "ބޮޑު އަގެއް ދައްކާނެ" ކަމަށް އިންޒާރުކޮށް ވައުދުވެފަ އެވެ.

އީރާނުގެ ފާރސް ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި އިސްރާއީލުގެ އަނިޔާވެރިކަމަށް ތެހެރާނުން "ފުރިހަމަ ޝާމިލު ޖަވާބެއް" ދިނުމަށް ރާވާފައިވާކަން އީރާނުގެ ރަސްމީ ނޫސް އެޖެންސީއަށް މަސްދަރުތަކުން ކަށަވަރުކޮށްދިންއިރު، ސަލާމަތީ މަސްދަރަކުން ވެސް ވަނީ "ވޭންދެނިވި ޖަވާބެއް" ރާވާކަން ކަށަވަރުކޮށްދީފަ އެވެ.


އީރާނުގެ ރޫހާނީ ލީޑަރު އިމާމް އަލީ ޚާމަނާއީ: ޔަހޫދީންގެ ދައުލަތުން ވަރަށް ވަރުގަދަ ރައްދަކަށް އިންތިޒާރު ކޮށްގެން ތިބެން ވާނެ!

_________________________

އީރާނުން ބަދަލު ހިފާނެ ކަމަށް ބުނުމުން އެމެރިކާއިން ވަނީ ބަސް މަގު ބަދަލުކޮށްފައެވެ. މިހާރު ބޭނުން ކުރާ ބަސްތަކަކީ:  “ނޮޓް އިންވޮލްވްޑް”، “ޔުނިލެޓަރަލް” އަހަރަމެންނާ ނުބެހޭ….. އަމިއްލައަށް ކުރި ކަމެއް………. ފަދަ ޢިބާރާތްތަކެވެ.

އެ ހުރިހާ ކަމަކުން ދޭހަވަނީ އެމީހުން މަސައްކަތް ކުރަނީ އިސްރާއީލުން ކުރި ކަންކަމާއި އެމެރިކާއާ ދެމެދު ކޮންމެވެސް މިންވަރެއްގެ ދުރުމިނެއް ބެހެއްޓުމަށެވެ. އެކަމަކު 48 ގަޑި އިރު ވަންދެން އެމެރިކާއާއި އިނގިރޭސިންނާއި ފްރާންސުން ވަނީ މިކަމަށް މަގުފަހިކޮށް ދިނުމަށް ހިތްވަރު ދީފައެވެ.

މިހަމަލާގެ ކުރިން އެޓޮމިކް އެނެޖީ އެޖެންސީން ވަނީ ގަރާރެއްވެސް ފާސްކޮށް އީރާން ކުށްވެރިކޮށްފައެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމަތީގައި “މޮޔަ ހަނގުރާމަތަކުގައި” ބައިވެރިވާން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އެކަމަކު އޭނާ ބުނެފައި ވަނީ ޔަހޫދީންނަށް އީރާނުން ހަމަލައެއް ދީފިނަމަ ރައްދު ހަމަލައެއް ދޭނެ ކަމަށެވެ.


އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު ހުސެއިން ސަލާމީ ފަދަ މުހިންމު އަސްކަރީ ވެރިން ޝަހީދުވުމަކީ އީރާނަށް ބޮޑު ގެއްލުމެކެވެ. ނަމަވެސް ކޮމާންޑް އަދި ކޮންޓްރޯލް ސްޓްރަކްޗަރ ދެމިއޮތްކަމަށް ބެލެވެއެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާ ވުޒާރާއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ކަމެއްކަމަށް ބުނެފައިވެއެވެ. ސައޫދީ އަރަބިއްޔާއިން ބުނެފައިވަނީ މި އަނިޔާވެރި ޢަމަލު ހުއްޓުވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ސެކިއުރިޓީ ކައުންސިލްގެ ބޮޑު ޒިންމާއެއް ކަމަށެވެ.


އިޒްރޭލުގެ ހަމަލާގައި ޝަހީދުވި ފަރާތްތަކުގެ ތެރޭގައި އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަންގެ ކުރީގެ ވެރިޔާ ފަރީއިދޫން އައްބާސީ އާއި އިސްލާމިކް އަޒާދު ޔުނިވަރސިޓީގެ ވެރިޔާ މުޙައްމަދު މެހްދީ ތެހްރާންޗީ ހިމެނެއެވެ. މީގެ އިތުރުން ތެހްރާންޗީ ދިރިއުޅުނު އިމާރާތަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އިމާރާތަކީ އެތައް އީރާނީ ސައިންޓިސްޓުންނެއް ދިރިއުޅޭ އިމާރާތެކެވެ.

އީރާނަށް މިފަދަ ހާދިސާއެއް ދިމާވުމަކީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިނުވާ ކަމެކެވެ.


އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއަރ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ އޮމާނުން މި ހަމަލާ ކުށްވެރިކޮށް، މިއީ ނުރައްކާތެރި އަދި ބޭއަދަބީ އަމަލެއް ކަމަށް ބުނެފައިވެއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށާއި، ސަރަޙައްދުގެ އިސްތިޤްރާރަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ މެދުއިރުމަތީގެ ސަފީރު ސްޓީވް ވިޓްކޮފް، އީރާނުގެ ވަފުދަކާ އެކު އޮމާނުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، އިޒްރޭލުގެ ހަމަލާއާ ގުޅިގެން އީރާނުގެ ޚާރިޖިއްޔާ ވުޒާރާއިން ވަނީ އެމެރިކާއަށް ތުހުމަތުކޮށް، ބަދަލު ހިފާނެކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން މަޝްވަރާތައް ކުރިއަށް ގެންދެވޭނެކަމާމެދު ސުވާލު އުފެދިފައިވެއެވެ.


އިޒްރޭލުން އީރާނަށް ހަމަލަ ދިނުމަށް ވައިގެ ސަރަހައްދު ހުޅުވާފައި ބޭއްވުމަށްފަހު ޖޯޑަން އިން ވަނީ އެގައުމުގެ ވަިއގެ ސަރަހައްދު ބަންދުކޮށްފި ކަމަށް އިއުލކާން ކޮށްފަ


އީރާންގެ ސަރުކަރުން ވަނީ ރައްޔިތުން ހިމޭނުން ތިބުމަށް އެދިފަ


އިޒްރޭލުން އީރާނަށް ހަމަލާއެއް ދިނުމާ ގު ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރިޕަބްލިކަން ޕާޓީގެ ހައުސް ސްޕީކަރ މައިކް ޖޮންސަން ވަނީ އެކަމާ ގުޅޭގޮތުން ބަސް ބުނެފައެވެ.

ފޮކްސް ނިއުސްގެ ބްރެޓް ބެއަރއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، މަޝްވަރާގެ މޭޒަށް އެނބުރި އައުމުގެ އުންމީދު އޮތް ކަމަށެވެ. އަދި އީރާނުގެ ވެރިކަމުގައި ތިބި ބައެއް ފަރާތްތައް އަނބުރާ ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުން ބަދަލު ހިފަން އުޅެފިނަމަ އިޒްރޭލް ދިފާއު ކުރުމަށް އެމެރިކާއިން އެހީތެރިވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އަނެއްކޮޅުން، ރިޕަބްލިކަން ޕާޓީގެ ހައުސް ސްޕީކަރ މައިކް ޖޮންސަން ވަނީ އިޒްރޭލްއަށް ފުރިހަމަ ތާއީދު ފާޅުކުރައްވާފައެވެ. އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި ވިދާޅުވެފައިވަނީ "އިޒްރޭލް ރަނގަޅު – އަދި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އެބައޮތޭ!" މިފަދައިންނެވެ.

އިޒްރޭލަށް އީރާނުން ހަމަލަ ދީފިނަމަ އެމެރިކާއިން އިޒްރޭލަށް އެހީތެރިވާނެ: ތްރަމްޕް


އިޒްރޭލުން ހެދީ ރަނގަޅަށް" އެމެރިކާގެ ކޮންގްރެސްގެ ރައީސް މައިކް ޖޯންސަން.

ހިއްސާ ކުރައްވާ!