ޗެކްގެ ފޮރިން މިނިސްޓަރު ޖާން ލިޕަވްސްކީ ހުކުރު ދުވަހު ވިދާޅުވީ އިސްރާއީލުގެ ހަމަލާގެ ސަބަބު ވިސްނޭ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު ވއެކަން ވިސްނޭ…މި ސަރަހައްދުގައި ނިއުކްލިއާ ބޮމެއް އުފެއްދުން ހުއްޓުވުމަށް އަސްކަރީ ފިޔަވަޅު އެޅުމަށް (އިޒްރޭލުން ހަމަލަ ދިނީ)،" ޕްރާގުގައި ބޭއްވި ގްލޯބްސެކް ފޯރަމްގެ ހަވަސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލިޕަވްސްކީ ވިދާޅުވި އެވެ.






