އީރާނުގެ ޑިފެންސް މިނިސްޓަރު: އަހަރުތަކެއް ވަންދެން ހަނގުރާމައަށް ތައްޔާރަށް
އީރާނުގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދާ ވިދާޅުވީ "ސިފައިން ތިބީ އަހަރުތަކެއް ވަންދެން ހަނގުރާމަ ކުރުމަށް ފުރިހަމައަށް ތައްޔާރުވެފައި" ކަމަށާއި ޒަޔަނިސްޓް ޖަމާއަތުން އީރާނުގެ ހަރުކަށި އަދި ޔަގީން ރައްދު ޖަވާބަކަށް އިންތިޒާރު ކުރަން ޖެހޭނެ ކަމަށެވެ.
އީރާނުގެ ސިފައިންގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރަޒާ އަޝްތިޔާނީ ވިދާޅުވީ "އީރާނުގެ ރަތް ރޮނގުތައް ހުރަސްކުރުމުން މުޅި ސަރަހައްދުގައި ބިރުވެރި ނަތީޖާތަކެއް ކުރިމަތިވާނެކަން އެންމެންނަށް ވެސް އެނގެން ޖެހޭނެ" ކަމަށެވެ.
ހުކުރު ދުވަހުގެ ފަތިހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި ނިއުކްލިއާ އިންޖީނުގެތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށްފައިވެ އެވެ.
އީރާނުގެ ސިފައިން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި "ޓެރަރިސްޓް ޒަޔަނިސްޓް ޖަމާއަތުން ވަނީ ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށް، އެހެންކަމުން މި ޖަރީމާއަށް ރައްދުދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ" ކަމަށެވެ.
ދެވަނަ ބަޔާނުގައި ބުނެފައިވަނީ "އަނިޔާވެރި ޓެރަރިސްޓް ޒަޔަނިސްޓް ޖަމާއަތާއި އެ ޖަމާއަތުގެ ސަޕޯޓަރުންގެ ކިބައިން ބަދަލު ހިފާނެ" ކަމަށެވެ.





