ޔަހޫދީންނަށް ދާދި އަވަހަށް ޖަހަންނަމައިގެ ދޮރު ހުޅުވިގެން ދާނެ: ބާކްޕޫރު

ޔަހޫދީން އީރާނަށް އުދުވާނީ ހަމަލައެއް ދިނުމުގެ ސަބަބުން ދާދިއަވަހަށް އެމީހުންނަށް ޖަހަންނަމައިގެ ދޮރު ހުޅުވިގެން ދާނެ ކަމަށް އީރާންގެ އިންގިލާބީ ސިފައިންގެ ކޮމާންޑަރު މުހައްމަދު ބާކްޕޫރު ވިދާޅުވެއެވެ. އީރާނުގެ ވައިގެ ދިފާއުން ވަނީ އިޒްރޭލުގެ ޑްރޯންތަކެއް އުތުރުގައި ވައްޓާލާފައެވެ. އަދި އެހިސާބުން ބާރުގަދަ އަޑުތަކެއް އިވިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ. އީރާނުން ބުނަމުން ދަނީ ވައިގެ ތެރޭގައި އިޒްރޭލާ އެންގޭޖުވަމުންދާ ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް އެދެވޭ ގެއްލުމެއް ދެވިފައި ނުވާ ކަމަށާއި ރައްޔިތުން ހާސްވާން ޖެހޭފަދަ ހާލަތެއް ނެތް ކަމަށް އީރާނުން ބުނެއެވެ.

އޮމާންގެ މުފްތީވެސް ވަނީ މުސްލިމުން އީރާނަށް ތާއީދު ކުރުމަށް ގޮވާލައްވާފައެވެ. އަދި އިޚުވާނުލް މުސްލިމޫން ޖަމާއަތުންވެސް ވަނީ އީރާނަށް ތާއީދުކޮށް އިޒްރޭލާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ.

ޔަމަނުގެ އަންސާރުﷲ އިން ވަނީ ޓެލްއަވީވަށް ރޮކެޓް ހަމަލައެއް ފޮނުވާލާފައެވެ.

ހިއްސާ ކުރައްވާ!