ވައުދުއްޞާދިޤު 3ގެ ހަމަލާތަކުގައި އީރާނުން ޔަހޫދީންގެ ޓެރަރިސްޓް ނިޒާމަށް ހަމަލަދީ އިޒްރޭލު އަންދާލުމާ ގުޅިގެން ޔަހޫދީ ޖާސޫސީ އިދަރާ ޝިން ބެޓް ގެ ވެރިޔާ މަގާމުން އިސްތިއުފާ ދީފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އޭނާ އިސްތިއުފާ ދިނީ އީރާނުން ޔަހޫދީ ޓެރަރިސްޓް ނިޒާމާ ދެކޮޅަށް ބަދަލު ހިފުމަށް ވަރުގަދަ ހަމަލައެއް ދިނުމާ ގުޅިގެންނެވެ.
އިސްރާއީލުގެ މީޑިއާ ނެޓްވޯކެއް ކަމަށްވާ އަރޫޓްޒް ޝެވާ އިން އޭނާ އާ ހަވާލާދީ ބުނެފައި ވަނީ ޒަޔަނިސްޓު ނިޒާމުން ލަފާކުރާ ވަރަށް ވުރެން ބޮޑަށް އީރާނުން ވަނީ އިޒްރޭލުގެ ޖާސޫސީ ވިއުގަ ފޫއަޅުވާލާފައެވެ. އީރާނުން ވަނީ އެވާހަމަ މި މަހުގެ 11 ވަނަ ދުވަހު އާންމުކޮށް އިއުލާން ކޮށްފައެވެ.
އީރާނުން ޔަހޫދީ ޒަޔަނިސްޓް ޓްރަރިސްޓް ނިޒާމަށް އަދަބު ދިނުމަށް ހިންގާ އޮޕަރޭޝަން ޔތަހޫދީ މީޑިއާއިން ސިފަކޮށްފައިވަނީ "މިހާތަނަށް ފެނިގެން ދިޔަ އެންމެ ބޮޑު" އޮޕަރޭޝަންގެ ގޮތުގައެވެ.





