ހަމަލަ ދިނުމުގައި އިޒްރޭލާ ބައިވެރިވުމަށް އެމެރިކާއަށް ދައުވަތު ދީފި

އެމެރިކާގެ އޮފިޝަލަކު އިޒްރޭލުގެ ވަލާ ނިއުސް ވެބްސައިޓަށް ކަށަވަރުކޮށްދިން ގޮތުގައި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަލާތަކުގައި ސީދާ އެމެރިކާއިން ބައިވެރިވެ ދިނުމަށް ޓްރަމްޕްގެ ސަރުކާރަށް އިޒްރޭލުން ވަނީ ހުށަހަޅާފައެވެ. އެކްސިއޮސްއިން ވެސް މިކަން ކަށަވަރުކޮށް ދެއެވެ.

އިޒްރޭލުން ބުނަނީ 48 ގަޑިއިރު ތެރޭ ދިންހަމަލަތަކުންވެސް އީރާންގެ ނިއުކްލިއަރ އުފައްދާ މަރުކަޒު ހަލާކު ކުރެވިފައި ނުވާ ކަމަށެވެ. އިޒްރޭލުން ބުނަނީ، އީރާންގެ ނިއުކްލިއަރ ފެސިލިޓީ ނައްތާލުމަށް ބޭނުންވާ ބާރު އިޒްރޭލުގައި ނެތް ކަމަށާއި ބިން ގަރާސް ގޮއްވާލާ ބޮންތަކެއް ވެސް ނެތް ކަމަށެވެ. އެފަދަ ބޮންތައް އުފުލުމުގެ ގާބިލުކަން ލިބިފައި ވަނީ އެމެރިކާއިން ގެންގުޅޭ ބޮން އަޅާ ބޯޓުތަކަށް އެކަންޏެވެ. އަދި އެމެރިކާ އަތުގައި އެހިސާބަށް ދަތުރު ކުރާ ވަރުގެ ދެ ބޯޓު އޮތް ކަމަށްވެސް އިޒްރޭލުން ބުނެއެވެ. 

އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ މީޑިއާއިން ބުނަނީ "އެމެރިކާއިން މިވަގުތު އެފަދަ ފިޔަވަޅެއް އަޅަން ނުވިސްނާ" ކަމަށެވެ.

އެމެރިކާއިން ބުނެފައި ވަނީ އެމެރިކާއިން އީރާނަށް ހަމަލަ ދޭން އުޅެފިނަމަ، އީރާނަށް އެމެރިކާގެ އމާޒުފަތްގަނޑުތަކަށް ހަމަލަ ދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިޒްރޭލުގެ މަސްދަރުތަކުން ބުނަނީ އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލާ ފެށުމުގެ ކުރިން ޔަހޫދީ ނަތަންޔާހޫއާ އެކު ބޭއްވި ފޯން ކޯލެއްގައި ބޭނުން ވެއްޖެނަމަ އެމެރިކާއިން ހަނގުރާމައަށް ވަންނާނެ ކަމުގެ އިޝާރާތެއް ނަތަންޔާހޫއަށް ދީފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!