އީރާނުގެ ހަމަލަތައް ދޭ އަމާޒުކޮށްފައި އިޒްރޭލުން ސައިރެން އަޅައި ރައްޔިތުންނަށް ރައްކާތެރިވި ތަންތަން. މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދެ ރޭ ވަންދެން އީރާނުން ވަނީ ހޭލައި ބައިތިއްބާފައެވެ. ރައްޔިތުންނަށް ނަފްސާނީ ގޮތުން ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އިޒްރޭލު މީޑިއާއިން ބުނެެއެވެ.
ޓެލްއަވީވަށް ވަނީ މެދު ނުކެނޑި ހަމަލަތައް އޮއްސާލާފައެވެ.
ރޭ ހަމަލަ އަމާޒު ކުރި އެންމެ މުހިންމު އެއް ތަނަކީ ހައިފާގެ ތެޔޮ ސާފުކުރާ މަރުކަޒަކެވެ. މިއީ ޔަހޫދީންގެ ޓެރަރިސްޓް ހަމަލަތައް ދޭ މަތިންދާބޯޓުތަކަށް ތެޔޮ ސަޕްލައި ކޮށްދޭ ތަނެވެ. އީރާނުން އިސްވެ މިފަދަ ހަމަލަ އެއް ނުދެއެވެ. ނަމަވެސް އީރާނުގެ ތެޔޮ އުފައްދާ މަރުކަޒަކަށް ޔަހޫދީން ހަމަލަ ދިނުމާ ގުޅިގެން ބަދަލު ހިފުމަށް އީރާނުން މި ތަނަށް ހަމަލަ ދިނީއެވެ.
އީރާނުން ޑިލީޓްކޮށްލި ބިލްޑިންގއެއް
އިޒްރޭލު މީހުން ހެދުނު ހޭލިއިރު





