ޔަހޫދީންގެ އުދުވާން އަދާ ހަމަކޮށް

  • އެމެރިކާގެ ރައީސް ޖީ8 ގެ ސަމިޓްގައި ބައިވެރިވުމަށްފަހު އެއްދުވަސް ކުރިން އީރާން އިޒްރޭލް ހަމަލަތަކާ ގުޅިގެން ސަމިޓް މެދު ކަނޑާލާއި ވައިޓްހައުސްއަށް އެނބުރި ހިނގައްޖެއެވެ.
  • އީރާން ސިފައިން ބޭނުން ކުރާ ކަމަށް ބުނެ ޔަހޫދީން ވަނީ އީރާންގެ ޓީވި ސްޓޭޝަނަށް ބޮން އަޅާފައެވެ. އީރާނުން ސިފަ ކޮށްފައި ވަނީ ޔަހޫދީން ހިންގި ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައެވެ. އަދި ޔަހޫދީންގެ ތުހުމަތުތައް އީރާނުން ދޮގު ކުރެއެވެ.
  • ޔަހޫދީންގެ ޖަރީމާއަށް ބަދަލު ހިފުމަށް އީރާނުން ވަނީ ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދީ ފައެވެ. އަދި އިޒްރޭލުގެ އުތުރުގެ ހައިފާގެ އިތުރުން ޓެލް އަވީވަށް ވެސް ހަމަލަ ދީފައި ވެއެވެ.
  • އީރާނުން ބުނީ އިޒްރޭލުން އެންމެ ފަހުން ދިން ހަމަލާތަކުގައި 45 އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާއިރު އިތުރު 75 އަންހެނުންނާއި ކުޑަކުދިން ޒަޚަމްވެފައިވާ ކަމަށެވެ. އިޒްރޭލުން ވެރިރަށް ތެހެރާންގެ އާންމުން ދިރިއުޅޭ އާބާދީތަކަށް ހަމަލަދީފައެވެ.
  • ކެނެޑާގައި ބާއްވާ ޖީ7 ސަމިޓުގެ ހަވާސާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލާ އެކު އުފެދިފައިވާ ހަމަނުޖެހުން ކުޑަކުރުމަށްޓަކައި އީރާނުން މަޝްވަރާއަށް އަންނަން ޖެހޭ ކަމަށެވެ.
  • ނަތަންޔާހޫ ވަނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީއަށް ހަމަލަ ދިނުމަކީ ހަމަނުޖެހުން ބޮޑު ވާނެ ކަމެއް ކަމަށް ބުނެފައެވެ.
ހިއްސާ ކުރައްވާ!