އިރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ތެލުގެ އަގަށް އަސަރުކުރާނެ ކަމަށް ގަތަރުން ވަނީ އިންޒާރު ދީފަ އެވެ.
"ސައުތު ޕާސް ގޭސް ދަނޑުގެ އީރާނުގެ ފަރާތަށް ދިން ހަމަލާއަކީ ހަކަތައިގެ ސަލާމަތަށް ނުރައްކާވާ ހިސާބު ނުކުރެވޭ ވަރުގެ ފިޔަވަޅެއް،" ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލްއަންސާރީ ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
"ސަރަހައްދީ ސަލާމަތަށް އިތުރު މުސީބާތްތަކެއް ކުރިވާކަށް ކެތް ނުކުރެވޭނެ،" އަދި ސަރަޙައްދުގެ ހަކަތައާއި ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލދިނުން ކުށްވެރި ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ ވައިގެ ހަމަލާތައް ހުއްޓުވުމަށް ގަތަރުގެ މެދުވެރިއަކަށް އީރާނުން އެދިފައިވާ ކަމަށް ބުނާ ޚަބަރުތައް އަލްއަންސާރީ ވަނީ ދޮގުކޮށްފައެވެ.




