ޔަހޫދީން އިސްވެ އީރާނަށް ދިން ހަމަލައަށް ފަހު އީރާނުން ކާމިޔާބު ސިލްސިލާ ހަމަލަތަކެއްދީ ޔަހޫދީން ގިއްގަޅުވާލުމުން ޔަހޫދީންގެ ޚަރަދުތައް ބޮޑުވެ ގެއްލުންތައް އިތުރު ވެއްޖެއެވެ.
ސިންވާރުގެ އަގްސާ ޠޫފާނުން ޔަހޫދީންނަށް ލިބުނު ގެއްލުމަށް ޓެކްސް އިދާރާއަށް ބަދަލު ހޯދަން އެދުނީ 75 ހާސް މީހުންނެވެ. ނަމަވެސް މީގެ ދެބައި ކުޅަ އެއްބައި މިދިޔަ މަދު ދުވަސްކޮޅުގައި އީރާނު ހަމަލައިން ކާމިޔާބު ވެފައި ވެއެވެ.
- ޔަހޫދީން އިސްވެ ދިން ހަމަލައަށް އީރާނުން ރައްދު ހަމަލަ ދޭން ފެށި ފަހުން ބަދަލު ހޯދުމަށް އިޒްރޭލުގެ ޓެކްސް އިދާރާއަށް 30،735 ބަދަލު ހޯދުމުގެ ހުށަހެޅުން ހުށަހަޅާފައި ވެއެވެ، މިއީ ހަނގުރާމައިގެ މުއްދަތަށް ބަލާއިރު ސިއްސުވާލާފަދަ އަދަދެކެވެ.
- ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 5،000 އެޕްލިކޭޝަން ބަދަލު ހޯދަން ހުށަހަޅާފައި ވެއެވެ. މިއިން އީރާންގެ ހަމަލަތަކުގެ ކާމިޔާބު މިންވަރު ހާމަ ވެއެވެ.
- ޔަހޫދީންގެ އިމާރާތްތަކަށާއި ގެދޮރުތަކަށް ގެއްލުން ލިބިގެން 25،000 ހުށަހެޅުން ހުށަހަޅާފައި ވެއެވެ.
- ވެހިކަލްތަކަށް ގެއްލުން ލިބިގެން 2،600 ހުށަހެޅުން ހުށަހަޅާފައި ވެއެވެ.
- ގޭގައި ހުރި މުދަލަށް އީރާނު ހަމަލައިން ގެއްލުން ލިބިގެން 3 ހާސް ހުށަހެޅުން ހުށަހަޅާފައ ވެއެވެ.
- މިހާތަނަށް 8،200 މީހުންނަށް ގޯތި ގެދޮރު ގެއްލި ފައި ވެއެވެ.
- މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،000 މީހުންގެ ގެދޮރު ގެއްލުމަކީ އީރާންގެ ހަމަލަތަކުގެ ކާމިޔާބީ ވަޒަން ކޮށްލެވޭ ކަމެކެވެ.
- ގެދޮރު ގެއްލިފައިވާ މީހުންނަށް ހޮޓަލުގައި ބޭތިއްބުން އެއް ހަފްތާއިން 14 ދުވަހަށް އިތުރު ކޮށްފައި ވެއެވެ.
- އެއްވެސް ޔަހޫދީއަކަށް 8 ހާސް ޑޮލަރަށް ވުރެން ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ވަގުތުން އެހީއަށް އެދެވެއެވެ.



