ޤުރުއާނާއި ޙަދީސުގެ އަލީގައި އީރާން
ޙުސައިން ރަޝީދު އަޙުމަދު
އަޅުގަނޑު އީރާން ދެކެ ލޯބިވެ ސަޕޯޓުކުރާ ތަފާތު ސަބަބުތައް އެބަހުއްޓެވެ. އެއީ :
-
އެތާގެ ރައްޔިތުންގެ 99% އަކީ މުސްލިމުން ކަމުގައި ވާތީއެވެ.
-
އެމީހުންގެ ތައުރީފުގައި ކީރިތި ރަސޫލާ صلعمގެ މިޙަދީސު ބަސްފުޅު އައިސްފައިވާތީއެވެ. وَالَّذِي نَفْسِي بِيَدِهِ لَوْ كَانَ الْإِيمَانُ مَنُوطًا بِالثُّرَيَّا لَتَنَاوَلَهُ رِجَالٌ مِنْ فَارِسَ (މާނައީ ﷲ ގަންދީ ވިދާޅުވަމެވެ. ޢިލްމާއި އީމާންކަން އަސްމާނީ ތަރިތަކުގައި އެލުވިފައި ހުއްޓަސް ފާރިސް ކަރައިގެ (އީރާނު) މީހުން އެކަންކަން ޙާޞިލުކުރާނެއެވެ.) [މިއީ ބުޚާރީއާއި މުސްލިމާއި ތިރްމިޛީއާއި އަޙްމަދު ރިވާ ކުރެއްވި ޙަދީސެކެވެ.]
-
އެމީހުން ސިފަ ބަޔާންކުރަށްވައި ކީރިތި ﷲ މޫރިތި ޤުރުއާނުގެ ޖުމުޢާ ސޫރަތުގެ 3 ވަނަ އާޔަތުގައި މިފަދައިން ވަޙީ ކުރަށްވާފައި ވާތީއެވެ. وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ (އަދި ތަޢުލީމާއި ޙިކުމަތާއިގެން ﷲ އެކަލާނގެ ރަސޫލާ ފޮނުއްވީ އެއުރެންގެ ތެރެއިން އެހެން ބަޔެއްގެ ގާތަށްވެސްމެއެވެ. އެއުރެންނީ، އެމީހުންގެ ތެރެއަށް އަދި ނާންނަ ބަޔެކެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސް ކަލާނގެއެވެ.) [މިއާޔަތް ބާވައިލެއްވުމުން ކީރިތި ރަސޫލާ ސަލްމާން ފާރިސީގެ ފައިންޕުޅުގައި އަތްޕުޅު ބީއްސަވާފައި ވިދާޅުވީ އެއީ މީނާގެ ޤައުމުން އަންނާނެ މީހުންނެވެ.]
-
އިސްލާމީ ބޮޑު ޙަޟާރަތެއް އޮތް ތަނަކަށް ވާތީއެވެ.
-
އެތާނގެ ބިމުން ދީނުގެ އެކި ފަންނު ތަކުގެ ބޮޑެތި ޢިލްމުވެރިން އުފަންކުރި ތަނަކަށް ވާތީއެވެ
-
އަޅުވެތިކަމެއް ނެތް މުސްލިމުންގެ ބާރުވެރި ވެރިކަމެއް ހިންގާ ތަނަކަށްވާތީއެވެ.
-
ދިވެހި ރާއްޖެއަށް އިސްލާމްދީން ފޯރުވި ސަބަބަކަށް އެތަންވާތީއެވެ .
-
ދިވެހި ބަސް ފާރިސީ ބަހާ އިންތިހާއަށް ގުޅިފައިވާ ބަހެއްގެ ބިމަށް ވާތީއެވެ.
-
ޢަދާވާތްތެރި ޔަހޫދީންނާއި ރައުސްމާލީންނަށް ބޯނުލަބާ ބަޔަކު ކަމުގައި ވާތީއެވެ.
-
އީރާނުގައި އިސްލާމީ ޙަޟާރަތުގެ ބޮޑެތި ބޮޑެތި އާސާރުތައް ހުންނަތަނަކަށް ވާތީއެވެ
މިކަންކަމާހުރެ އަޅުގަނޑު އީރާނަށް ސަޕޯޓު ކުރަނީއެވެ. ހަސަދަވެރިން ކިތަންމެ ރުޅިއަޔަސް މަޖޫސިންނޭ ކިޔަސް ﷲގެ ކަލާމްފުޅާއި ކީރިތި ރަސޫލާގެ ޙަދީސު ބަސްފުޅެއް ދޮގުނުކުރެވޭނެއެވެ.







