ބޮލު ރޮދިކެނޑިފައިވާ ރައީސެއްގެ ވައިޓްހައުސްއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް

ފޮތް ރިވިއު: އަންހިންޖްޑް: އެން އިންސައިޑަރސް އެކައުންޓް އޮފް ދަ ޓްރަމްޕް ވައިޓް ހައުސް

ލިޔުނީ: އޮމަރޯސާ މަނިގޯލްޓް ނިއުމަން

ބޮލު ރޮދިކެނޑިފައިވާ ރައީސެއްގެ ވައިޓްހައުސްއާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތް ޝާއިއުކޮށްފައި ވަނީ އޮގަސްޓް 14، 2018 ގައެވެ. އަންހިންޖްޑް: އެން އިންސައިޑަރސް އެކައުންޓް އޮފް ދަ ޓްރަމްޕް ވައިޓް ހައުސް އަކީ ނިއުޔޯކް ޓައިމްސްގެ ބެސްޓްސެލަރ ލިސްޓުގައި ހިމެނޭ ފޮތެކެވެ.

ކުރީގެ ރިއަލިޓީ ޓީވީ ސްޓާރެއް ކަމަށްވާ ލިޔުންތެރިޔާ ވަނީ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ އަހަރު އޮފީސް އޮފް ޕަބްލިކް ލައިސަންސްގެ އެސިސްޓެންޓް ޓު ދަ ޕްރެޒިޑެންޓް އަދި ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސްގެ މަގާމު އަދާކޮށްފައެވެ.

ޓެލެވިޜަން މެދުވެރިކޮށް، 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ގެނަސްދިނުމާއި، ވައިޓް ހައުސްގައި ހޭދަކުރި ކުރު މުއްދަތެއްގެ ތެރެއިން ޓްރަމްޕް ރަނގަޅަށް ދަންނަ ނިއުމަން ވަނީ ޓްރަމްޕްގެ ވެރިކަމުގެ އެތެރޭ ކޮއިލުގެ މަސައްކަތްތައް ގާތުން ތަޖުރިބާކޮށް ބަލާފައެވެ.

މި ފޮތުގައި ވައިޓް ހައުސްގެ ތެރޭގައި ހިނގާ މައްސަލަތަކާއި ކަންކަން ނިންމާ ގޮތާއި ކޮރަޕްޝަންގެ ކަންކަން އޭނާ ގެނަސްދީފައި ވަނީ ޓްރަމްޕާ ގާތުން ކުރި މަސައްކަތާއި ވައިޓްހައުސްގެ އެ ދުވަސްވަރުގެ ތަފްސީލީ ނޯޓްތަކަށް ބަލައިގެންނެވެ.

މިފޮތް 4،136 މީހުން ރިވިއުކޮށްފައި 4.2 ސްޓާރުގެ ފޮތެއްގެ ގޮތުގައި ގިންތިކޮށްފައި ވެއެވެ.

"ބޮލުރ ރޮދިކެނޑިފައިވުން" މިފޮތް އެކުލަވާލާފައި ވަނީ ނިއުމަން އާއި ޓްރަމްޕާ ގުޅުން އުފެދުނު ގޮތާއި ވައިޓް ހައުސްގައި އޭނާ ކުރި ތަޖުރިބާތަކަށް ބިނާ ކުރާ ތާރީޚީ ވާހަކައެއްގެ ގޮތުގައެވެ. މި ފޮތް ފެށެނީ އޭނާ ކުރިން މަސައްކަތް ކުރި ދަ އެޕްރެންޓިސް އާއި އެހެނިހެން ޓީވީ ޕްރޮޖެކްޓްތަކުގައި ޓްރަމްޕާ އެކު ކުރި މުއާމަލާތްތަކުން ނެވެ.

އެދެމީހުންގެ ދެމެދު ދިގު މުއްދަތުގެ ޕްރޮފެޝަނަލް ގުޅުމެއް ގާއިމް ކުރެވިފައި އޮތެވެ. އެއަށްފަހު ޓްރަމްޕްގެ 2016 ވަނަ އަހަރުގެ ކެމްޕޭނުގައި އޭނާ އަދާކުރި ދައުރާއި، އޭގެ ފަހުން ވައިޓް ހައުސްގައި އޭނާ އަދާކުރި މަގާމުތަކުގެ މައުލޫމާތު ހިމަނާފައި ވެއެވެ.

ފޮތުގެ މުހިއްމު ބައިތަކުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ޓްރަމްޕްގެ އުޅުމާއި ނޭދެވޭ ސުލޫކާއި، ނިންމުންތައް ނިންމުގައި ގެންގުޅޭ ހަމަތަކާއި، އޭނާގެ ވެރިކަމުގެ ހަލަބޮލި މާހައުލާ  ބެހޭ ގޮތުންނެވެ.

ނިއުމަން ކިޔައިދެނީ މުވައްޒަފުންގެ ނާގާބިލުކަމާއި، އަޚްލާޤީ ގޮތުން ނޭދެވޭ ކަންތައްތަކެއް ހުރުމާއި، އެތެރޭގެ ބާރުގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

އަދި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވައިޓް ހައުސްއިން އެންމެ ފަހުން އޭނާ ވަކިކުރުމާއި، ޓްރަމްޕާ ގުޅުން ކަނޑާލަން ނިންމި ނިންމުމާއި، ޓްރަމްޕްގެ ލީޑަޝިޕް ސްޓައިލާއި ބޮޑާ ބޯހަރު ޝަޚުސިއްޔަތަށް ފާޑުކިޔާފައި ވެއެވެ.

މި ވާހަކަތައް އޭނާ ގެނަސްދީފައި ވަނީ ޒާތީ ހަނދާނީ ފޮތެއްގެ ގޮތުގައި ބެލެވޭ ގޮތަށެވެ. އަދި ސިޔާސީ މާހައުލުގެ ކަންކަން ބޭޒާރުކޮށްލުމެއްގެ ގޮތުގައިވެސް މެއެވެ.

ނިއުމަން ވަނީ އަމިއްލައަށް ވިސްލްބްލޯވަރެއްގެ ގޮތުގައި ދައްކަން މަސައްކަތް ކޮށްފައެވެ.

"ބޮލުރ ރޮދިކެނޑިފައިވުން" މިފޮތަކީ ޓްރަމްޕްގެ ގިނަ ދުވަސްތަކެއް ވަންދެން އެކުވެރިއެއްގެ ގޮތުގައި ވެސް އަދި އެންމެ ފަހުން ފާޑުކިޔާ މީހެއްގެ ގޮތުގައި ތައާރަފްވި ފަރާތުން ޓްރަމްޕް ވަޒަންކޮށްލުމެކެވެ.

އޮމަރޯސާ މެނިގޯލްޓް ނިއުމަންގެ ފޮތުގެ މޮޅުކަމަކީ އެހެން މީހުންނަށް ނުފެންނަ ކަންކަން އޭނާއަށް ފެނިފައި ވުމާއި އެކަންކަން އޭނާ ކިޔައިދޭ ގޮތެވެ.

ނިއުމަން  ގެނަސްދޭ ވާހަކަތަކަކީ – ޓްރަމްޕްގެ ނާތަހުޒީބު ސުލޫކުން ފެށިގެން ހިންގުމުގ ދޯހަޅިކަމުގެ ތުހުމަތުތަކާ ހަމައަށް – ސާބިތުކަމާއެކު ދައްކާ ވާހަކަތަކެކެވެ.

ޖުމްލަކޮށް ބަލާއިރު، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ އެތެރޭގެ މަސައްކަތްތަކާ މެދު ޝައުގުވެރިވާ މީހުންނަށާއި ޓްރަމްޕް ދަނެގަތުމަށް ބޭނުންވާ މީހުންނަށާއި ސިޔާސީ ހަނދާންތައް ކިޔާލަން ބޭނުން މީހުންނަށް މިއީ ފައްކާ ފޮތެކެވެ.

ހިއްސާ ކުރައްވާ!