އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކަށް ޔޫރަޕުން ތާއިދު ކުރޭ

އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތައް ސާބިތުވެ، އިޒްރޭލުގެ ބޮޑު ވަޒީރަކީ ހަނގުރާމައިގެ މުޖުރިމެއް ކަމަށް ދުނިޔޭގެ ކޯޓުން ބަލާފައިވީނަމަވެސް އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅަން ޔޫރަޕްގެ ޖަމާއަތުގެ ގައުމުތަކުން ބޭނުން ނުވާ ކަމަށް ބުނެފިއެވެ. އިޒްރޭލާއި ޔޫރަޕްގެ ޖަމާއަތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންސާނީ ހައްގަށް އިޒްރޭލުން އިހުތިރާމު ކުރަން ލާޒިމު ކުރެއެވެ. ނަމަވެސް ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދިއުމާ ގުޅިގެން ޔޫރަޕްގެ ބައެއް ގައުމުތަކުން ބޭނުންވީ އިޒްރޭލާއެކު އޮންނަ ގުޅުން ވަގުތީ ގޮތަކަށް މަޑު ޖައްސާލާށެވެ.

ސްޕެއިންއާއި އަޔަރލެންޑާއި ސްލޮވީނިއާ އިން މިކަމަށް އެދި ޔޫރަޕްގެ ޖަމާއަތަށް ހުށަހެޅުމުން އެމައްސަލާގައި ބަހުސްކޮށް ގިނަ ގައުމުތަކުން ވަނީ 3 ގައުމުން އެދުނު ގޮތާ ޚިލާފަށް ވޯޓްލާފައެވެ.

އިޒްރޭލުގެ ދިފާއުގައި ވޯޓްލާފައި ވަނީ ޖަރުމަނު، އިޓަލީ، އޮސްޓްރިއާ، ހަންގޭރީ، ކްރޮއޭޝިއާ، ރުމޭނިއާ، ލިތުއޭނިއާ، ގްރީސް އިންނެވެ.

ހިއްސާ ކުރައްވާ!